Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ބައިރަން ތޫފާނުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ދަތިކަން އިތުރުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ބައިރަން ތޫފާނުގެ ސަބަބުން ޣައްޒާގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންނަށް އިތުރު ދަތިކަމާ ކުރިމަތިލާން ޖެހިއްޖެއެވެ. އެގޮތުން ފެންބޮޑުވެފައިވާ ފޭލިގޭތަކުން އެހީއަށް އެދި ކޯލުތައް ލިބެމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ބާރުގަދަ ތޫފާނުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު ވަނީ ހިކިފަސް ތަނެއް ހޯދުމަށް އެމީހުންގެ ވަގުތީ ހިޔާތައް ދޫކޮށްފައެވެ.

ރަސްމީ ފަރާތްތަކުން ބުދަ ދުވަހު ވަނީ މި ތޫފާނުގެ ސަބަބުން ހުކުރު ދުވަހާ ހަމައަށް ކުއްލިއަކަށް ފެންބޮޑުވުމާއި، ބާރުގަދަ ވައި އަދި ގަނޑުފެން ވެހުން ކުރިމަތިވާނެ ކަމުގެ އިންޒާރުދީފައެވެ. މި ހާލަތަކީ އިންސާނީ އެހީގެ ބޮޑު ކާރިސާއެއްގެ ތެރޭގައި އޮތް ސަރަހައްދަކަށް އިތުރު ދަތިތަކެއް ގެނެސްދާނެ ކަމެއް ކަމަށް މާހިރުން ލަފާކުރެވެއެވެ. ދެ އަހަރުގެ މުއްދަތަށް އިޒްރޭލުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގގި ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ ސަބަބުން އެތައް ލައްކަ ބަޔަކު ދިރިއުޅެމުން ގެންދަނީ ފޭލިގޭތަކުގައްޔާއި، ވަގުތީ އިމާރާތްތަކުގައްޔާއި، ހަލާކުވެފައިވާ އިމާރާތްތަކުގައެވެ.

އިންސާނީ އެހީގެ މަސައްކަތްތެރިން ބުނެފައިވާ ގޮތުގައި، ފޭލިގެތަކާއި، ފެނާއި ނަރުދަމާ ނިޒާމު މަރާމާތު ކުރުމަށް ބޭނުންވާ ވަސީލަތްތައް ޣައްޒާއަށް އެތެރެކުރުމަށް އިޒްރޭލުން ހުރަސް އެޅުމުގެ ސަބަބުން ތޫފާނާ ކުރިމަތިލާން ޣައްޒާ ތައްޔާރުވެފައި ނުވެއެވެ. އެހެންކަމުން، ބޭނުންވާ ތަކެތި އަވަހަށް އެތެރެކުރުމަށް ނަތަންޔާހޫގެ ސަރުކާރަށް ބާރު އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް އެމީހުން ވަނީ ގޮވާލާފައެވެ.

ދެކުނުގެ ރަފަޙް ސިޓީގައި ހުންނަ ފަލަސްޠީނުގެ ސިވިލް ޑިފެންސް އޮފީހުން ބުނީ، އެމީހުންގެ ޓީމުތަކަށް ވަނީ ހާލުގައި ޖެހިފައިވާ މީހުންގެ ކޭމްޕުތަކުން އެހީއަށް އެދި ގުޅުންތައް ލިބިފައިވާ ކަމަށާއި، ބޮޑަށް ރިޕޯޓުކޮށްފައި ވަނީ ފެންބޮޑުވެފައިވާ ފޭލިގެތަކުންނާއި، ބާރުގަދަ ވާރޭގެ ސަބަބުން އެތެރޭގައި ތާށިވެފައިވާ އާއިލާތައް ކަމަށެވެ. އެމީހުންގެ ޓެލެގްރާމްގައި އެ ރެސްކިއު އެޖެންސީން ބުނެފައި ވަނީ، ވަސީލަތްތައް މަދު ނަމަވެސް އަދި ބޭނުންވާ ތަކެތި ނެތް ނަމަވެސް، އެމީހުންގެ ޓީމުތައް ދަނީ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަރަށް ބުރަ މަސައްކަތެއް ކުރަމުން ކަމަށެވެ.

ޔޫ.އެން.ގެ އިންސާނީ އެހީގެ ކަންކަން ހަމަޖައްސާ އޮފީސް (އޯ.ސީ.އެޗް.އޭ) އިން ބުނާ ގޮތުގައި، 761 ތަނުގައި ވަގުތީ ހިޔާ ހޯދާފައިވާ ގާތްގަނޑަކަށް 850,000 މީހުންނަށް ފެންބޮޑުވުމުގެ އެންމެ ބޮޑު ނުރައްކަލާ ކުރިމަތިވެފައިވެއެވެ. މިކަމުގެ ސަބަބުން 200 އަށް ވުރެ ގިނަ ނުރައްކާތެރި ސަރަހައްދުގައި ކުރިން ވެސް ފެންބޮޑުވެ، 140,000 އަށް ވުރެ ގިނަ މީހުންނަށް އަސަރުކޮށްފައިވެއެވެ. ކުރީގެ ތޫފާންތަކުގެ ސަބަބުން މި ސަރަހައްދުތަކުގައި ނަރުދަމާގެ ނަޖިހާއި ކުނިގޮޑު ޖަމާވުމުގެ ސަބަބުން ވަގުތީ ހިޔާތައް ދޫކޮށްލާން ޖެހިފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ