Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ޔުގެންޑާގެ އިންތިޚާބު ކާމިޔާބުކުރައްވައި މުސެވެނީ ވެރިކަން އިތުރު ފަސް އަހަރަށް ދަމަހައްޓަވައިފި

ad image

ގުޅުންހުރި ލިޔުންތައް

ޔުގެންޑާގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު އެ ގައުމުގެ މިހާރުގެ ރައީސް ޔޮވެރީ މުސެވެނީ ކާމިޔާބު ކުރައްވައިފިއެވެ. މި ކާމިޔާބީއާއެކު، ފާއިތުވި 40 އަހަރު ދުވަހު ވެރިކަން ކުރައްވަމުން ގެންދަވާ މުސެވެނީގެ ވެރިކަން އިތުރު ފަސް އަހަރަށް ވަނީ ދެމިގެން ގޮސްފައެވެ.

އިންތިޚާބީ ކޮމިޝަނުން ހާމަކުރި ގޮތުގައި މުސެވެނީ ވަނީ ވޯޓުގެ 72 އިންސައްތަ ކާމިޔާބު ކުރައްވާފައެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ބޮބީ ވައިންއަށް ލިބިވަޑައިގަތީ 25 އިންސައްތަ ވޯޓެވެ. ނަމަވެސް، ބޮބީ ވައިން ވަނީ މިއީ އޮޅުވާލާފައިވާ ނަތީޖާއެއް ކަމަށް ބުނެ، ވޯޓު ފޮށިތަކަށް އިތުރު ވޯޓު ކަރުދާސް އަޅާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. އެފްރިކަން ޔޫނިއަންގެ އޮބްޒާވަރުން ބުނެފައިވަނީ ވޯޓު އޮޅުވާލި ކަމުގެ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށެވެ.

އުމުރުން 81 އަހަރުގެ މުސެވެނީ އެންމެ ފުރަތަމަ ވެރިކަމަށް ވަޑައިގަތީ 1986 ވަނަ އަހަރު ހަނގުރާމަވެރި ލީޑަރެއްގެ ގޮތުގައެވެ. އޭގެ ފަހުން ބޭއްވި ހަތް އިންތިޚާބުވެސް އޭނާ ވަނީ ކާމިޔާބު ކުރައްވާފައެވެ. މިފަހަރުގެ އިންތިޚާބާ ދިމާކޮށް ހިނގި ހަމަނުޖެހުންތަކުގައި މަދުވެގެން 21 މީހުން މަރުވެފައިވާ ކަމަށް ބޮބީ ވައިން ބުނާއިރު، ކަމާބެހޭ ފަރާތްތަކުން ކަށަވަރުކޮށްދީފައިވަނީ ހަތް މީހުން މަރުވި ކަމަށެވެ.

އިންތިޚާބުގެ ނަތީޖާ އިއުލާނު ކުރައްވަމުން އިލެކްޓޯރަލް ކޮމިޝަންގެ ރައީސް ސައިމަން ބޔަބަކަމާ ވަނީ ހުރިހާ ފަރާތްތަކުންވެސް އެއްބައިވަންތަކަން އިސްކޮށް، ނަތީޖާ ގަބޫލުކުރުމަށް ގޮވާލައްވާފައެވެ. ނަތީޖާ އިއުލާނުކުރުމާ ގުޅިގެން ވެރިރަށް ކަމްޕާލާގައި މާބޮޑު އުފާފާޅުކުރުންތަކެއް ފެނިފައި ނުވާއިރު، ގިނަ ވިޔަފާރިތަކެއް ބަންދުކޮށް މަގުތައް ވަނީ ފަޅުވެފައެވެ.

އިންތިޚާބާ ދިމާކޮށް ޔުގެންޑާގައި އިންޓަނެޓްގެ ޚިދުމަތް މެދުކަނޑާލާފައިވާތީ، މައުލޫމާތު ކަށަވަރުކުރުމަށް ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ. ސަރުކާރުން ބުނަނީ މިއީ ދޮގު މައުލޫމާތު ފެތުރުމާއި ހަމަނުޖެހުން ހިންގުމަށް ހިތްވަރު ދިނުން ހުއްޓުވުމަށް އެޅި ފިޔަވަޅެއް ކަމަށެވެ. ނަމަވެސް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ވަނީ މިއީ ކަންބޮޑުވާ ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ.

އިދިކޮޅު ލީޑަރު ބޮބީ ވައިން މިހާރު ހުންނެވީ ގޭބަންދުގައި ކަމަށް ބެލެވޭއިރު، ފުލުހުން ބުނެފައިވަނީ އޭނާ ދިރިއުޅޭ ސަރަހައްދަކީ ސަލާމަތީ ގޮތުން ނުރައްކާތެރި ސަރަހައްދަކަށް ވާތީ އެ ސަރަހައްދަށް ވަދެނިކުމެ އުޅުން ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ. ބޮބީ ވައިން ބުނަމުންދަނީ އޭނާ ތަމްސީލުކުރަނީ ގައުމުގެ ޒުވާނުން ކަމަށާއި، އޭނާގެ އަމާޒަކީ ކޮރަޕްޝަން ނައްތާލައި އިސްލާހީ ބަދަލުތައް ގެނައުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ