Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

އިލޮން މަސްކްގެ ސްޕޭސްއެކްސް އާއި އެކްސްއޭއައި އެއްކޮށްލައި، ޖައްވުގައި އޭއައި ޑޭޓާ ސެންޓަރުތައް ހަދަން ނިންމައިފި

ad image

ގުޅުންހުރި ލިޔުންތައް

އިލޮން މަސްކްގެ ސްޕޭސްއެކްސް ކުންފުނިން އޭނާގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުންފުނި ކަމަށްވާ “އެކްސްއޭއައި” ގަނެ، ދެ ކުންފުނި އެއްކޮށްލައިފި އެވެ. މި ނިންމުމަކީޖައްވުގައި ޑޭޓާ ސެންޓަރުތައް ބިނާކޮށް، އޭއައިގެ ކުރިމަގަށް ބޭނުންވާ ހަކަތަ ހޯދުމަށް މަސްކް ފައްޓާފައިވާ މަޝްރޫއެއްގެ ބައެކެވެ.

ޓެސްލާގެ ސީއީއޯގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ މަސްކް މިކަން އިއުލާން ކުރެއްވީ އަންގާރަ ދުވަހު ސްޕޭސްއެކްސްގެ ވެބްސައިޓުގައި ޝާއިއުކުރި ބަޔާނެއްގަ އެވެ. މަސްކް ވިދާޅުވި ގޮތުގައި މި އެއްކޮށްލުމުގެ ސަބަބުން އޭއައި އަށް ބޭނުންވާ ބޮޑު ހަކަތައިގެ ޑިމާންޑަށް ހައްލެއް ލިބިގެންދާނެ އެވެ.

މަސްކް ފާހަގަކުރެއްވި ގޮތުގައި އޭއައި އަށް ބޭނުންވާ ބޮޑު މިންވަރެއްގެ ހަކަތަ އާއި ފިނިކުރުމުގެ ނިޒާމު ދުނިޔޭގެ ތިމާވެއްޓަށް ނުވަތަ މުޖުތަމައުތަކަށް ދަތިނުވާނޭހެން ދުނިޔޭގައި ގާއިމުކުރުމަކީ ދެމެހެއްޓެނިވި ކަމެއް ނޫނެވެ. އޭނާ ވިދާޅުވީ އިރުގެ ހަކަތަ ބޭނުންކޮށްގެން ޖައްވުގައި ހިންގާ ޑޭޓާ ސެންޓަރުތަކަކީ މިކަމަށް އޮތް ހަމައެކަނި ދާއިމީ ހައްލު ކަމަށެވެ.

“ދިގު މުއްދަތަކަށް ބަލާއިރު، ޖައްވުގައި އޭއައި ގާއިމުކުރުމަކީ މިކަން ފުޅާކުރެވެން އޮތް ހަމައެކަނި ގޮތް. އަހަރެމެންގެ އިރުގެ ހަކަތައިގެ މިލިއަނުން އެއްބައި ބޭނުންކުރުމަށްޓަކައި ވެސް، މިހާރުގެ އިންސާނުން ބޭނުންކުރާ ހަކަތައަށްވުރެ މިލިއަން ގުނަ އިތުރު ހަކަތަ ބޭނުންވާނެ،” މަސްކް ލިޔުއްވާފައިވެ އެވެ. އޭނާ ލަފާކުރައްވާ ގޮތުގައި ކުރިއަށް އޮތް 2 ނުވަތަ 3 އަހަރު ތެރޭގައި އޭއައި ކޮމްޕިއުޓިން އަށް އެންމެ އަގުހެޔޮ ގޮތަކީ ފަޒާގައި އެކަން ކުރުމެވެ.

މިއާއެކު މަސްކްގެ ފަޒާގެ މަސައްކަތްތަކާއި، އޭއައި، އިންޓަނެޓް އަދި ސޯޝަލް މީޑިއާގެ މަޝްރޫއުތައް އެއް ފުރާޅެއްގެ ދަށަށް އަންނާނެ އެވެ. ސްޕޭސްއެކްސް އިން ފެލްކަން އަދި ސްޓާޝިޕް ރޮކެޓް ޕްރޮގްރާމްތައް ހިންގާއިރު، އެކްސްއޭއައި އަކީ މަޝްހޫރު ‘ގްރޮކް’ ޗެޓްބޮޓް އުފެއްދި ކުންފުންޏެވެ. އަދި މިދިޔަ އަހަރު އެކްސްއޭއައި އިން ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް ‘އެކްސް’ (ކުރީގެ ޓްވިޓާ) ވެސް ގަނެފަ އެވެ.

މަސްކްގެ އިތުރުން ޖެފް ބޭޒޯސްގެ ބްލޫ އޮރިޖިން އާއި ގޫގުލްގެ ޕްރޮޖެކްޓް ސަންކެޗާ އިން ވެސް ދަނީ ފަޒާގައި ސޯލާ ޕަވަރޑް ޑޭޓާ ސެންޓަރުތައް ހެދުމަށް މަސައްކަތް ކުރަމުންނެވެ. މަސްކްގެ ދުރު ރާސްތާގެ ރޭވުމަކީ ސްޕޭސްއެކްސް މެދުވެރިކޮށް އެއް މިލިއަން ސެޓެލައިޓް ޖައްވަށް ފޮނުވުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ