Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ޓިކްޓޮކްގެ ފީޗާތަކަކީ ކުޑަކުދިން ދެވިހިފާ ކަންކަން ކަމަށް ބުނެ އީޔޫއިން އިންޒާރު ދީފި

ad image

ގުޅުންހުރި ލިޔުންތައް

ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އޮންލައިން ކޮންޓެންޓް ގަވާއިދުތަކާ ޓިކްޓޮކުން ޚިލާފުވެފައިވާ ކަމަށް އެ އިއްތިހާދުގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ. އީޔޫއިން ވަނީ ކުޑަކުދިން މި އެޕްލިކޭޝަނަށް ދެވިހިފުމުން ސަލާމަތްކުރުމަށްޓަކައި، އެޕްގައި ހިމެނޭ ދެވިހިފާ ފަދަ ފީޗާތަކަށް ބަދަލު ގެނައުމަށް ޓިކްޓޮކަށް އިންޒާރު ދީފައެވެ.

ޔޫރަޕިއަން ކޮމިޝަނުން ހުކުރު ދުވަހު އާންމުކުރި ތަހުގީގެއްގެ ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި، ޓިކްޓޮކްގައި ހިމެނޭ އިންފިނިޓް ސްކްރޯލް، އޮޓޯޕްލޭ، ޕުޝް ނޮޓިފިކޭޝަން އަދި ޕާސަނަލައިޒްޑް ރެކޮމެންޑޭޝަން އެލްގޮރިދަމް ފަދަ ކަންކަމަކީ ބޭނުންކުރާ ފަރާތްތައް އެޕަށް ދެވިހިފުމަށް ބާރުއަޅާ ކަންކަމެވެ.

“ޔޫރަޕްގައި ތިބި އަޅުގަނޑުމެންގެ ކުޑަކުދިން ރައްކާތެރިކުރުމަށްޓަކައި ޓިކްޓޮކުން ފިޔަވަޅު އަޅަންޖެހޭ އަދި އެމީހުންގެ ޚިދުމަތުގެ ފަރުމާއަށް ބަދަލު ގެންނަންޖެހޭ” އީޔޫގެ ޓެކް ޗީފް ހެނާ ވިރްކޫނަން ވިދާޅުވިއެވެ.

ޔޫރަޕިއަން ކޮމިޝަންގެ ތަރުޖަމާނު ތޯމަސް ރެގްނިއާ ވިދާޅުވީ ޓިކްޓޮކުން މިހާރު އަޅާފައިވާ ފިޔަވަޅުތައް އެކަށީގެން ނުވާ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މި ފީޗާތަކުގެ ސަބަބުން ކުޑަކުދިން މަޖުބޫރުވެގެން އެޕް ބޭނުންކުރާ ހާލަތަށް ގޮސް، އެކަމުގެ ސަބަބުން އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެއެވެ. މިއީ ޑިޖިޓަލް ސާވިސަސް އެކްޓާ ޚިލާފު ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގައި ޓިކްޓޮކްގެ ބެލެނިވެރި ކުންފުނި ބައިޓްޑާންސްގެ ދުނިޔޭގެ އާމްދަނީގެ 6 އިންސައްތައާ ހަމައަށް ޖޫރިމަނާ ކުރުމުގެ ފުރުސަތު އޮތް ކަމަށް އީޔޫގެ ރެގިއުލޭޓަރުން ވަނީ ބުނެފައެވެ. ނަމަވެސް ޓިކްޓޮކުން ވަނީ މި ހޯދުންތަކަށް އިންކާރުކޮށްފައެވެ. ޓިކްޓޮކްގެ ތަރުޖަމާނަކު ވިދާޅުވީ ކޮމިޝަންގެ ހޯދުންތަކަކީ އެއްވެސް އަސާސެއް ނެތް، ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށާއި އެކަން ގާނޫނީ ގޮތުން ގޮންޖަހާނެ ކަމަށެވެ.

2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު ފެށި މި ތަހުގީގުން ހާމަވި ގޮތުގައި، އުމުރުން 13 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިން ދެބަދަމުން އަލިވާއިރު އެންމެ ގިނައިން ބޭނުންކުރާ ސޯޝަލް މީޑިއާ ޕްލެޓްފޯމަކީ ޓިކްޓޮކެވެ. އަދި 12 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން 7 އިންސައްތަ ކުދިން ކޮންމެ ދުވަހަކު 4 ގަޑިއިރާއި 5 ގަޑިއިރާ ދެމެދުގެ ވަގުތެއް މި އެޕްގައި ހޭދަކުރާކަން ވަނީ ފާހަގަކުރެވިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ