Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

އީރާނަށް ޓްރަމްޕްގެ ފަރާތުން 10 ދުވަހުގެ މުހުލަތެއް! ކަމާބެހޭ މާހިރުން ބުނަނީ މިއީ ހަމަލާއަކަށް ތައްޔާރުވުމަށް ހޯދި ވަގުތެއް ކަމަށް

ad image

ގުޅުންހުރި ލިޔުންތައް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނަށް މަޝްވަރާގެ މޭޒަށް އައުމަށް 10 ދުވަހާއި 15 ދުވަހާ ދެމެދުގެ މުހުލަތެއް ދީފިއެވެ. މި މުހުލަތުގެ ތެރޭގައި މަޝްވަރާ ނުފަށައިފިނަމަ ހިތްދަތި ނަތީޖާތަކަކާ ކުރިމަތިލާންޖެހޭނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދީފައެވެ. މިއީ ނިއުކްލިއާ މައްސަލައިގައި އުފެދިފައިވާ ނުތަނަވަސްކަން އިންތިހާއަށް ގޮސްފައިވާ ދަނޑިވަޅެއްގައި ދިން އިންޒާރެކެވެ.

ޔުނައިޓެޑް އެގެއިންސްޓް ނިއުކްލިއާ އީރާންގެ ޕޮލިސީ ޑައިރެކްޓަރު ޖޭސަން ބްރޮޑްސްކީ ބުނި ގޮތުގައި، މި މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ނުކުމެދާނެ ކަމާމެދު ޓްރަމްޕްގެ ސަރުކާރުގައި ބޮޑެތި ޝައްކުތަކެއް އެބަހުއްޓެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މި ދަނޑިވަޅަކީ ޑިޕްލޮމެޓިކް މަގުން ކަންކަން ހައްލުކުރުމަށްވުރެ ބޮޑަށް، ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ބާރުތައް ވަރުގަދަކޮށް، ހަމަލާއަކަށް ތައްޔާރުވުމަށް ވަގުތު ހޯދުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ބެލެވެއެވެ.

މި މަޝްވަރާތަކާ ގުޅޭ މައުލޫމާތު އެނގޭ މެދުއިރުމަތީގެ މަސްދަރަކުން ބުނި ގޮތުގައި، ހަނގުރާމައެއްގެ ނުރައްކާ އޮތް މިންވަރު އީރާނަށް ވަރަށް ބޮޑަށް އިހުސާސް ކުރެވެއެވެ. ނަމަވެސް، އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވަނީ އެ ގައުމުގެ ކުރު ރޭންޖުގެ މިސައިލް ޕްރޮގްރާމަށް އެއްވެސް ބަދަލެއް ނުގެނައުމަށް އަންގާފައެވެ. މިސައިލް ޕްރޮގްރާމަށް ބަދަލު ގެނައުމަކީ އީރާނުން ހަނގުރާމައަކުން ބަލިވުން ފަދަ ކަމެއްގެ ގޮތުގައި އެ ގައުމުން ދެކެއެވެ.

ބްރޮޑްސްކީ އިތުރަށް ވަނީ، އީރާނުގެ ސަރުކާރުން އުޅެނީ ރައީސް ޓްރަމްޕަކީ ރައީސް އޮބާމާ ފަދަ ބޭފުޅަކަށް ހެދޭނެ ކަމުގެ ކުށްހީއެއްގައި ކަމާއި، ނަމަވެސް އެއީ ވާނެ ކަމެއް ނޫންކަން ޓްރަމްޕް މިހާރު ސާފުކޮށްދީފައިވާކަމަށް ބުނެފައެވެ. އޭނާ ބުނި ގޮތުގައި އީރާނުން ޔުރޭނިއަމް ފައްކާކުރުން ހުއްޓާލުމަށާއި، ނިއުކްލިއާ އޮނިގަނޑު އުވާލުމަށް ޓްރަމްޕް ކުރައްވާ ޝަރުތުތަކަށް އީރާނުން އަދިވެސް ދަނީ ދެކޮޅު ހަދަމުންނެވެ.

މިހާރު މެދުއިރުމަތީގައި އެމެރިކާގެ މަނަވަރުތަކާއި އަސްކަރީ ވަސީލަތްތައް އިތުރުކުރަމުންދާއިރު، ކުރިއަށް އޮތް ދެ ހަފުތާއަކީ މި ސަރަހައްދުގެ މަސްރަހު ބަދަލުވެގެންދާނެ މުހިންމު ދުވަސްތަކަކަށް ވާނެއެވެ. އީރާނުން ދޫނުދީފިނަމަ، ޓްރަމްޕްގެ ‘މިޑްނައިޓް ހެމާ’ އޮޕަރޭޝަން ފަދަ އަސްކަރީ ފިޔަވަޅެއް ފެނުމުގެ ފުރުސަތު ބޮޑުކަމަށް ރިޕޯޓްތައް ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ