Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

އެމެރިކާއާއި އިޒްރޭލުން އީރާނަށް ހަމަލާ ދޭން ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް

އެމެރިކާއާއި އިޒްރޭލު ގުޅިގެން އީރާނަށް ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދޭން ފަށައިފިއެވެ. މި ހަމަލާތަކުގެ އަޑުތައް އީރާނުގެ ވެރިރަށް ތެހެރާނުގެ އިތުރުން އެ ގައުމުގެ އެކި ސަރަހައްދުތަކުން އިވެމުންދާއިރު، މިއީ ބަދަލުހިފުމުގެ ގޮތުން ދެމުންދާ ހަމަލާތަކެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. ހަމަލާތަކާ ގުޅިގެން އިޒްރޭލުގެ އުތުރު ސަރަހައްދުތަކާއި ގަލްފުގެ ބައެއް ގައުމުތަކުގައިވެސް ގޮވުންތަކުގެ އަޑުތައް ވަނީ އިވިފައެވެ.

އީރާނުގެ ފާރްސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ތެހެރާނުގެ ޔުނިވާސިޓީ ސްޓްރީޓާއި ޖުމްހޫރީ ސަރަހައްދަށް ވަނީ ގިނަ އަދަދެއްގެ މިސައިލް ހަމަލާތަކެއް އަރާފައެވެ. އަދި ތެހެރާނުގެ އުތުރުގެ ސައްޔިދު ޚަންދާން ސަރަހައްދާއި ހުޅަނގުގެ އިލާމް ޕްރޮވިންސް ހިމެނޭހެން މުޅި ގައުމަށް ހަމަލާތައް އަމާޒުވަމުންދާ ކަމަށް އީރާނުގެ މީޑިއާތަކުން ބުނެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނިގޮތުގައި މި ހަމަލާތަކުގެ މަގްސަދަކީ އީރާނުގެ ރެޖީމުން ކުރިމަތިވަމުންދާ ނުރައްކާތައް ނައްތާލުން ކަމަށެވެ. ޓްރަމްޕް އިތުރަށް ބުނީ އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގައި ބޮޑު ހަނގުރާމައެއް ފަށާފައިވާ ކަމަށާއި، މީގެ ބޭނުމަކީ އެމެރިކާގެ ރައްޔިތުން ދިފާއުކުރުން ކަމަށެވެ.

އީރާނުގެ އޮފިޝަލަކާއި ހަވާލާދީ ރޮއޓާސްއިން ބުނީ މި ހަމަލާތަކަށް ދޭނެ ރައްދު ވަރަށް ވަރުގަދަވާނެ ކަމަށާއި، ބަދަލުހިފުމަށް އީރާނުން ތައްޔާރުވަމުންދާ ކަމަށެވެ. އަދި މެދުއިރުމަތީގައި ހުރި އެމެރިކާއާއި އިޒްރޭލުގެ ހުރިހާ މުދަލަކާއި މަސްލަހަތުތަކަކީ މިހާރު އީރާނުގެ ހަމަލާތަކުގެ އަމާޒުފަތްތަކެއް ކަމަށްވެސް އީރާނުގެ އިސް އޮފިޝަލަކު ވަނީ ބުނެފައެވެ.

މި ހަމަލާތަކާ ގުޅިގެން ގަލްފުގެ ގައުމުތަކަށްވެސް ވަނީ އޭގެ އަސަރުކޮށްފައެވެ. ބަހްރޭންގައި ހުންނަ އެމެރިކާގެ ފަސްވަނަ ފްލީޓްގެ މަރުކަޒަށް މިސައިލް ހަމަލާއެއް އަމާޒުވެފައިވާ ކަމަށް ރިޕޯޓްތައް ބުނާއިރު، ޔޫއޭއީގެ ވެރިރަށް އަބޫދާބީންވެސް ބާރުގަދަ ގޮވުމެއްގެ އަޑު ވަނީ އިވިފައެވެ. ގަތަރުގެ ޕެޓްރިއަޓް ޑިފެންސް ސިސްޓަމުން އީރާނުގެ މިސައިލެއް ވައްޓާލާފައިވާ ކަމަށް އެގައުމުގެ ޑިފެންސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މަސްރަހު ގޯސްވުމާ ގުޅިގެން ގަތަރު، ކުވެއިތު އަދި ޔޫއޭއީން ވަނީ އެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައެވެ. މި ހަމަލާތަކަކީ އެމެރިކާއާއި އިޒްރޭލު ގުޅިގެން ހިންގާ އަސްކަރީ އޮޕަރޭޝަނެއް ކަމަށް އެމެރިކާގެ އޮފިޝަލުން ވަނީ ކަށަވަރުކޮށްދީފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ