Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 12 ފަލަސްތީނުން ޝަހީދުކޮށްލައިފި

ad image

ގުޅުންހުރި ލިޔުންތައް

އިސްރާއީލުގެ ސިފައިން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި 12 ފަލަސްތީނުން ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ސިއްހީ މަސްދަރުތަކުން މައުލޫމާތު ދީފިއެވެ. މިއީ މިދިޔަ އަހަރު ގާއިމުކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އިސްރާއީލުން ކޮންމެ ދުވަހަކުވެސް ހިލާފުވަމުންދާ ދަނޑިވަޅެއްގައި ދިން ހަމަލާތަކެކެވެ.

ހުކުރު ދުވަހު ޚާން ޔޫނިސްގައި ފުލުހުންގެ އުޅަނދަކަށް އަމާޒުކޮށް އިސްރާއީލުން ދިން ހަމަލާއެއްގައި މަދުވެގެން އަށް މީހުން ޝަހީދުވިއެވެ. އޭގެ ތެރޭގައި އެ ސަރަހައްދުގައި ތިބި އާންމުންގެ ތިން މީހަކުވެސް ހިމެނެއެވެ. މީގެ އިތުރުން ޣައްޒާ ސިޓީއަށް ދިން ވަކި ހަމަލާއެއްގައި ދެ ފުލުހަކު ޝަހީދުވެފައިވާއިރު، އުތުރު ޣައްޒާގެ ބައިތު ލާހިޔާގައި ގެއަކަށް ދިން ބޮން އެޅުމުގެ ހަމަލާއެއްގައި އިތުރު ދެ މީހަކު ވަނީ ޝަހީދުވެފައެވެ.

ޣައްޒާގެ ދާޚިލީ ވުޒާރާއިން ވަނީ އާންމުން ދިރިއުޅޭ ސަރަހައްދުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް މަސައްކަތްކުރާ ފުލުހުންނަށް އަމާޒުކޮށް އިސްރާއީލުން ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާފައެވެ. އެ ވުޒާރާއިން ބުނި ގޮތުގައި ޚާން ޔޫނިސްގައި ދިން ހަމަލާ އަމާޒުވީ އެ ސަރަހައްދުގައި ހިނގި ހަމަނުޖެހުމެއް ހުއްޓުވުމަށް ފުލުހުން މަސައްކަތް ކުރަމުން ދަނިކޮށެވެ.

“ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ހިމާޔަތް ލިބިފައިވާ މަދަނީ މުއައްސަސާއަކަށް ހަމަލާދެމުންދާއިރު، ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ހަނުތިބުމަކީ އިސްރާއީލުގެ އިސްތިއުމާރަށް އެހީތެރިވުން ކަމުގައި ބެލެވޭނެ،” ދާޚިލީ ވުޒާރާގެ ބަޔާނުގައި ބުނެފައިވެއެވެ.

އިސްރާއީލުން ސިސްޓަމެޓިކްކޮށް ފުލުހުންނަށް އަމާޒުކުރަމުންދަނީ އެހީގެ ގާފިލާތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހުރަސްއަޅައި، ޣައްޒާގައި ބަނޑުހައިހޫނުކަމުގެ ކާރިސާ އިތުރަށް ގޯސްކުރުމުގެ ބޭނުމުގައި ކަމަށްވެސް އެ ވުޒާރާއިން ތުހުމަތުކުރެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުވެރިވެވަޑައިގެން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ގާއިމުކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށްފަހު ހަމަލާތަކުގެ ބާރު ކުޑަވި ނަމަވެސް، އިސްރާއީލުން ދަނީ މެދުކެނޑުމެއްނެތި ހަމަލާދެމުންނެވެ. ސިއްހީ އިދާރާތަކުން ބުނާ ގޮތުގައި އެއްބަސްވުމަށްފަހުވެސް މިހާތަނަށް 984 މީހުން ޝަހީދުވެ، 2,235 މީހުން ވަނީ ޒަޚަމްވެފައެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ކުރިއަށްގެންދާ ގަތުލުއާންމުގައި މިހާތަނަށް 72,500 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 172,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. މިއީ ޣައްޒާގެ އާބާދީގެ 7 އިންސައްތައަށްވުރެ ބޮޑު އަދަދެކެވެ. އދ. ގެ ތަހުގީގު ކުރާ ފަރާތްތަކުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވަނީ އިސްރާއީލުގެ މި އަމަލުތަކަކީ ފަލަސްތީނުގެ ރައްޔިތުން ނައްތާލުމަށް ހިންގާ ގަތުލުއާންމެއް ކަމަށް ނިންމާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ