Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާއެއްގައި ހަމާސްގެ އިސް ކޮމާންޑަރަކު ޝަހީދުކޮށްލައިފި

ad image

ގުޅުންހުރި ލިޔުންތައް

ޣައްޒާގެ ދެކުނުގައިވާ ޚާން ޔޫނިސްއަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި، ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ ރަފަހް ބްރިގޭޑްގެ އިސް ކޮމާންޑަރު ސަމީރު އަބޫ ޔޫނިސް ޝަހީދުކޮށްލައިފިއެވެ. މި ހަމަލާގައި އޭނާ ޝަހީދުވިކަން ހަމާސްއާއި އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ކަށަވަރުކޮށްދީފައެވެ.

ހަމާސްއިން ބުނި ގޮތުގައި އުމުރުން 53 އަހަރުގެ އަބޫ ޔޫނިސް ޝަހީދުވީ ޚާން ޔޫނިސްގެ އަލް މަވާސީ ސަރަހައްދުގެ މަގަކަށް އަމާޒުކޮށް އިސްރާއީލުން ދިން ހަމަލާއެއްގައެވެ. މި ހަމަލާ އަމާޒުވި ސަރަހައްދަކީ ގެދޮރު ގެއްލިފައިވާ ގިނަ އަދަދެއްގެ އާންމުން ޓެންޓުތަކުގައި ދިރިއުޅެމުންދާ ސަރަހައްދެއް ކަމަށާއި، މި ހަމަލާގައި އިތުރު ބަޔަކު ޒަޚަމްވެފައިވާ ކަމަށް މެޑިކަލް ރިޕޯޓްތަކުން ބުނެއެވެ. އިސްރާއީލުގެ އަސްކަރިއްޔާއާއި ޝިން ބެތް އިންޓެލިޖެންސް އިދާރާއިން ވެސް ވަނީ އެ ހަމަލާ ދިން ކަމަށާއި އަމާޒަކީ އަބޫ ޔޫނިސް ކަމަށް އެއްބަސްވެފައެވެ.

އަބޫ ޔޫނިސް ރަފަހް ބްރިގޭޑްގެ ކޮމާންޑަރުކަމާ ހަވާލުވީ، އޭނާގެ ކުރިން އެ މަގާމުގައި ހުރި ނާއިލް އަބޫ އުބައިދު މިދިޔަ ސެޕްޓެމްބަރު މަހު އިސްރާއީލުގެ ހަމަލާއެއްގައި ޝަހީދުވުމާ ގުޅިގެން މީގެ ދެ މަހެއްހާ ދުވަސް ކުރިންނެވެ. ހަމާސްގެ އަސްކަރީ ފިޔަވަޅާ 1991 ވަނަ އަހަރު ގުޅުނު އަބޫ ޔޫނިސްއަކީ ރަފަހްގައި އޮޕަރޭޝަނަލް މުހިންމު މަގާމުތަކެއް ފުރުއްވާފައިވާ އަދި އޮކްޓޫބަރު 7، 2023 ގައި އިސްރާއީލަށް ދިން ހަމަލާތައް ރޭވުމުގައި އިސް ދައުރެއް އަދާކުރި ބޭފުޅެއް ކަމަށް އެ ޖަމާއަތުން ބަޔާންކުރެއެވެ.

މި ހަމަލާ ދީފައިވަނީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އަމަލަށް އައި ނަމަވެސް، އިސްރާއީލުން އެ އެއްބަސްވުމާ ތަކުރާރުކޮށް ޚިލާފުވަމުންދާ ދަނޑިވަޅެއްގައެވެ. މި އެއްބަސްވުމުގެ ދަށުން ބޮޑެތި ކުރިމަތިލުންތައް ހުއްޓުމަކަށް އައި ނަމަވެސް، ޣައްޒާގެ އެކި ސަރަހައްދުތަކަށް ދޭ ވައިގެ ހަމަލާތައް އިސްރާއީލުން ހުއްޓައެއް ނުލައެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ނޮވެމްބަރު 15 ގައި އާންމުކުރި އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުގައި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުން ވެސް އިސްރާއީލުން ދިން އެކި ހަމަލާތަކުގައި ފަލަސްތީނުގެ 1،643 މީހުން ޝަހީދުވެ، 5،964 މީހުން ވަނީ ޒަޚަމްވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ