ސްރީލަންކާގެ ރައީސް ގޮޓަބަޔާ ރާޖްޕަކްސާ ރާއްޖެ ދޫކޮށް ސިންގަޕޫރުން ހިމާޔަތް ހޯދައިފި އެވެ.
ގޮޓަބަޔާ ރާއްޖެއިން ފުރާފައިވަނީ ރޭގެ ވަގުތެއްގަ އެވެ. އިއްޔެ ހެނދުނު ގޮޓަބަޔާ ރާއްޖެ އެތެރެވެފައިވަނީ ލަންކާގައި މިހާރު އޮތް ސަރުކާރާއި ދެކޮޅަށް ނުރުހުން ފާޅުކޮށް މުޒާހަރާ ކުރަމުން ދަނިކޮށެވެ. އެގޮތުން އެ ޤައުމުގެ ރައްޔިތުން ވަނީ ގޮޓަބަޔާ ހޯދުމަށް ރައީސް ގަނޑިވަރަށް ވެސް ވަދެފައެވެ. އަދި ގޮޓަބަޔާގެ ގެއެއްވެސް ވަނީ އަންދާލާފަ އެވެ.
ގޮޓަބަޔާ ރާއްޖެ ދޫކޮށް ގޮސްފައި ވަނީ އިއްޔެ ރާއްޖޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ލަންކާގެ ރައްޔިތުން ގޮޓަބަޔާ އެނބުރި ލަންކާއަށް ދިއުމަށް ގޮވާލައި މުޒާހަރާ ކޮށްފައި ވަނިކޮށެވެ.
ރޮއިޓާރސްއިން ބުނެފައިވާ ގޮތުގައި ގޮޓަބަޔާ މިވަގުތު ހުންނެވުމަށް ހަމަޖެހިފައިވަނީ ސިންގަޕޫރުގަ އެވެ.
އިއްޔެ ގޮޓަބަޔާ ވަނީ އިސްތިއުފާ ދޭނެކަމަށްވެސް ބުނެފަ އެވެ. އެހެންނަމަވެސް އަދި މިހަތަނަށް އިސްތިއުފާ ދީފައިނުވާކަމަށް ސްރީލަންކާގެ ޕާލިމެންޓުން ވަނީ ބުނެފަ އެވެ
ދެން މިނޫހުންވެސް އެދިބަލަ އިސްތިއުފާދޭށޭ