- Advertisement -ad image

ލަންކާގެ ރައީސް ކަމަށް ރަނިލް އިންތިހާބު ކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ލަންކާގެ ރައީސަކަަށް ރަނިލް ވިކްރަމަސިންހަ އިންތިހާބު ކޮށްފި އެވެ. އެމަނިކުފާނު ރައީސް ކަމަަށް ވަޑައިގެންނެވީ ރައީސަކު ހޮވުމަށް މިއަދު އޮތް ޕާލިމަންޓް ޖަލްސާގައި މެންބަރުންގެ އަގުލަބިއްޔަތު ވޯޓުންނެވެ.

ކުރީގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ އިސްތިއުފާ ދެއްވުމުން ވަގުތީ ރައީސްގެ މަގާމް ފުރުއްވަމުން އައި ރަނިލް މަގާމް ކާމިޔާބުކުރެއްވީ 134 ވޯޓުންނެވެ.

ރަނިލް ވިކްރަމަސިންހައާ ވާދަކުރެއްވީ ދުލާސް އަލަހައްޕެރޫމާ އާއި އަނޫރާ ކުމާ ޑިސަނާޔަކޭ އެވެ.

ލަންކާގެ ބޮޑުވަޒީރަކަށް މޭ މަހު ރަނިލް އައްޔަންކުރީ، އޭރުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާ އިސްތިއުފާ ދެއްވުމުންނެވެ. ރަނިލް އެ މަގާމަށް ގެންނަވަން އޭރުގެ ރައީސް ގޮތަބަޔަ ނިންމެވީ އޭނާ އަކީ ހުޅަނގާ ގާތް ގުޅުން އޮންނަ އަދި ސިޔާސީ ގޮތުން ތަޖުރިބާކާރު ބޭފުޅަކަށް ވުމުންނެވެ.

ރިޔާސީ ދެ އިންތިހާބަކުން ބަލިވެވަޑައިގެންނެވި ރަނިލް ވިކްރަމަސިންހަ ވެފައި ވަނީ ލަންކާގެ 8 ވަނަ އެގްޒެކެޓިވް ރައީސްގެ ގޮތުގައި ތާރީހުން ޖާގަ ހޯދާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ