- Advertisement -ad image

4 ކިލޯގެ އަނބު ހައްދައިގެން ގިނީސް ވޯލްޑް ރެކޯޑް ފޮތަށް!

ad image

ގުޅުންހުރި ލިޔުންތައް

ކޮލަމްބިއާގެ ދަނޑުވެރިންތަކެއް 4.5 ކިލޯގެ އަނބު ހައްދައިގެން ގިނީސް ވޯލްޑް ރެކޯޑް ފޮތަށް އަރައިފިއެވެ.
އެގޮތުން ކޮލަމްބިއާގެ ދަނޑުވެރިން ކަމުގައިވާ ގާރމަން އޯލެންޑޯ އަދި ރެއިނާ މާރިއާ ވަނީ މިހާތަނަށް ދުނިޔޭގައި އުފެއްދި އެންމެ ބޮޑު އަނބު ގަސްތައް ހައްދައިގެން ދުނިޔޭގެ ރެކޯރޑް ހަދާފައެވެ.
މީގެ ކުރިން މި ރިކޯރޑް އޮތީ ފިލިޕީންގެ ދަނޑުވެރިންގެ އަތުގައެވެ. އެ އަނބުގައި ހުރި ބަރުދަނަކީ 3.43 ކިލޯއެވެ.


މި އަނބު ބޮޑުވަމުން އައި އިރު އާދަޔާ ހިލާފަށް އަނބު ބޮޑުވާކަން ފާހަގަ ކުރެވި ރެކޯރޑެއް ކަން އެނގުނީ އޮންލައިންކޮށް ޗެކް ކުރުމުން ކަމަށް މާރިޔާ ބުނެފައިވެއެވެ.
އަނބު ކިރުމަށްފަހު ރެކޯރޑް ފޮތަށް އެރުމުން އާއިލާއިން ވަނީ އެ އަނބު ބަހައިގެން ކައިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ