- Advertisement -ad image

ދުވާލަކު 200 ފަހަރު ގޮވާ ހާލެއް ގޮވައިގެން ކޯޓަށް

ad image

ގުޅުންހުރި ލިޔުންތައް

ޖަރުމަނުގައި އުމުރުން ދުވަސްވީ ދެމަފިރިއަކަށް ހާލެއްގެ އުނދަގޫޖެހި، ހާލުގެ ވެރިފަރާތް ގޮވައިގެން ކޯޓަށް ދާން ނިންމައިފި އެވެ.

ފްރައިޑްރިޗް ވިލްހެމް އަދި އަނބިމީހާ ޔުއްޓާ ބުނާގޮތުގައި ހެނދުނު އަށެއްޖަހާ އިތުރުން ފެށިގެން މި ހާ ދުވާލަކު 200 ފަހަރު ބާރުއަޑުން ގޮވައެވެ. އަދި މިއީ އެ ދެމަފިރިންނަށް ދެވޭ އަނިޔާއެއްގެ ގޮތުގައި އެމީހުން ވަނީ ސިފަކޮށްފަ އެވެ.

މި ދެމަފިރިން ވަނީ މި ހާ އޭތީގެ ވެރިމީހާގެ ގެއިން އެހެން ތަނަކަށް ބަދަލުކޮށްދިނުމަށް އެދިފަ އެވެ. އަދި ހާލުގެ ސަބަބުން އެމީހުންގެ ބަގީޗާ ބޭނުންނުކުރެވޭ އިރު ގޭގައިވެސް އަބަދު ތިބެންޖެހެނީ ކުޑަދޮރުތައް ވެސް ލައްޕައިގެން ކަމަށް ވަނީ ބުނެފަ އެވެ.

މި ހާލުގެ ސަބަބުން އެ ހިސާބުގައި ދިރިއުޅުނު އެހެން އާއިލާއެއްވެސް އެހެން ހިސާބަކަށް ބަދަލުވެފަ އެވެ.

2008 ވަނަ އަހަރު މައިކަލް ނަމަކަށް ކިޔާ މީހަކު މި ހާ ގަނެފައިވަނީ އެއީ ކުކުޅެއް ކަމަށް ހީކޮށްފަ އެވެ. ނަމަވެސް ފަހުން އެ ހާލުގެ ރުޅިގަދަވެ ވަނީ އެގޮތަށް ގޮވަން ފަށާފަ އެވެ. އަދި މި ހާ ބައިންދާފަ އިންނަނީ އެހެން ކުކުޅުތަކަށް މިސާލެއްގެ ގޮތަށް ކަމަށް އޭނާވަނީ ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ