އެމެރިކާގެ ނިއުޔޯކްގައި ގޮތް ނޭނގޭ ޕޯލިއޯ ކޭސްތައް އިތުރުވެ ޑޮކްޓަރުން ކަންބޮޑުވުން ފާޅުކޮށްފި އެެވެ.
ނިއުޔޯކްގެ ސިއްހީ އެހީތެރިން ބުނާގޮތުގައި އެ ސިޓީގައި ރިޕޯޓްކޮށްފައިވާ ޕޯލިއޯ ކޭސްތައް މިހާރު ހާހަކާއި ގާތްކުރާނެ އެވެ. މި ކޭސްތައް ފެށިފައިވަނީ އެ ސިޓީގައި ވެކްސިން ނުޖަހާ މީހަކު ޕޯލިއޯ ޖެހި ޕެރަލަްިޒް ވީ ހިސާބުންނެވެ.
ކުރިއަރާފައިވާ ޤައުމުތަކަށް ދާދިފަހުން ވަނީ ޕޯލިއޯ ވެކްސިން ޖަހާ މީހުންގެ އަދަދު އިތުރު ކުރުމަށްވެސް ސިއްހަތު ޖަމިއްޔާއިން ގޮވާލާފަ އެވެ. އެހެންނަމަވެސް މިހާރު ބަލި ފެތުރޭ ދެނިނުގަނެވި ޕޯލިއޯ ފެތުރެމުން ދާތީ ސިއްހީ އެހީތެރިންނާއި ޑޮކްޓަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ނިއުޔޯކްގައި މިހަތަނަށް ފެނިފައި ހުރި ގިނަ ކޭސްތަކަކީ އަލަމާތެއް ނެތި ނުވަތަ ވަރަށް މަދު އަލަމާތްތަކަކާއެކު ފެނިފައު ހުރި ކޭސްތަކެވެ. މި ކޭސްތަކާއި ގުޅިގެން ސައިންޓިސްޓެއް ކަމަށްވާ ޑރ. ރުޕެޓް ވަނީ މިއީ މުޅި ދުނިޔެވެސް ކަންބޮޑުވާންޖެހޭ ވަރުގެ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.