- Advertisement -ad image

މެލޭޝިޔާގައި އަންނަ މަހުން ފެށިގެން މަސައްކަތް ކުރާނީ 45 ގަޑިއިރު

ad image

ގުޅުންހުރި ލިޔުންތައް

މެލޭޝިޔާގައި މަސައްކަތުގެ މާހައުލުގައި ހޭދަކުރާ ވަގުތު ހަފްތާއަކު 48 ގަޑިއރުން 45 ގަޑިއިރަށް މަދުކުރަން ނިންމައިފި އެވެ.

އެ ޤައުމުގެ ހިއުމަން ރިސޯސަސް ޑެޕިއުޓީ މިނިސްޓަރ ދަތުކް އަވަންގ ހާޝިމީ ވިދާޅުވި ގޮތުގައި މި އުސޫލަށް އެ ޤައުމުގައި އަމަލުކުރަން ފަށާނީ އަންނަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. އަދި މި ބަދަލުގެ ސަބަބުން މުވައްޒަފުންނަށް މަސައްކަތުގެ މާހައުލުގައި ހޭދަކުރަންޖެހޭ ވަގުތު މަދުވެ، އެހެނިހެން ކަންކަމަށް ވަގުތު ހުސްކުރަން ފުރުސަތު ލިބޭނޭކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ހަމައެހެންމެ އަންނަ މަހުން ފެށިގެން އެ ޤައުމުގެ ކުންފުނިތަކަށް ވަނީ މުވައްޒަފުންނަށް ފަސޭހަކަމާއެކު މަސައްކަތް ކުރެވޭނެގޮތަށް ވަގުތުތައް ކަނޑައަޅައި އަދި މާހައުލުވެސް އެ ގޮތަށް ބައްޓަން ކުރަން އަންގާފަ އެވެ. އަދި ކޮވިޑް-19 ފަދަޕެންޑަމިކް ހާލަތެއް ކުރިމަތި ވެއްޖެނަމަ ފަސޭހައިން ގޭގައި މަސައްކަތް ކުރެވޭނެ އިންތިޒާމްވެސް ހަމަޖައްސާފައި ބެހެއްޓުމަށް ވަނީ އަންގާފަ އެވެ.

މީގެ ކުރިން އެމެރިކާއިން ހެދި ދިރާސާއަކުން ވެސް ވަނީ ދުނިޔެއިން މުވައްޒަފުންނަށް އެންމެ ބޮޑަށް ލުއިދޭ ޤައުމުތަކުގެ އެއްވަނައިގައި މެލޭޝިޔާ ހިމެނިފަ އެވެ. އަދި 2022 ވަނަ އެންމެ ބުރަކޮށް މީހުން މަސައްކަތް ކުރާ ޤައުމުގެ ގޮތުގައި ވެސް މެލޭޝިޔާ ވަނީ ހިމެނިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ