ރަޝިއާ އާއި އީރާންއާ ދެމެދު އޮންނަނީ އަޑި ނޭނގޭ ގާތް ގުޅުމެއް ކަމަށް އެމެރިކާ ބުނެފި އެވެ.
އެމެރިކާއިން މިހެން ބުނެފައި މިވަނީ އީރާން ޑްރޯންތައް ބޭނުންކުރާނެ ގޮތް ރަޝިއާ ސިފައިން ދަސްކުރާ މަންޒަރުތަކެއް އާއްމުވުމާއި ގުޅިގެންނެވެ. އީރާނުންވަނީ އެ ޤައުމުގައި އުފައްދާ އަސްކަރީ ދަރަޖައިގެ ޑްރޯންތަކަށް ގައުމުތަކުން އޯޑަރު ލިބޭ ކަމަށް މީގެ ކުރިން ބުނެފަ އެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓްސް އިން ބުނާ ގޮތުން ދެ ގައުމުގެ ގުޅުން އަސްކަރީ ސިއްރުތައް ބަދަލުކުރުމާ ހަމައަށް ބަދަހިކޮށްފައިވެއެވެ. އަދި ޔުކްރޭން ހަނގުރާމާގައި އީރާން ޑްރޯން ބޭނުންކުރުމަކީ އެކަށީގެންވާ ކަމެެއް ކަމަށް އެމެރިކާއިން ވަނީ ބުނެފަ އެވެ.
އެމެރިކާއިން ވަނީ ޔުކްރޭން ހަނގުރާމަ ފެށުނު ފަހުން އީރާނާއި ރަޝިއާގެ ގާތްގުޅުމަށް ފާޑު ކިޔާފަ އެވެ. އަދި އީރާންގައި އުފައްދާ ބާރުގަދަ ޑްރޯން ރަޝިއާއަށް ސަޕްލައިކުރުމަށްޓަކައި އެތައް ސަތޭކަ ޑްރޯނެއް މުޅިން އަލަށް އުފަންދަމުން ގެންދާ ކަމަށްވެސް އެމެރިކާ ބުނެ އެވެ.