- Advertisement -ad image

ޖޯންސަންސް ބޭބީ ފުށް އުފެއްދުން ހުއްޓަލަނީ

ad image

ގުޅުންހުރި ލިޔުންތައް

މަޝްހޫރު ޖޯންސަންސް އެންޑް ޖޯންސަންސް (ޖޭއެންޖޭ) ކުންފުނިން އުފައްދަމުން އައި ޓަލްކް އަޅާފައިވާ ޖޯންސަންސް ބޭބީ ފުށް އުފެއްދުބް އެއްކޮށް ހުއްޓާލަން އެ ކުންފުނިން ނިންމައިފި އެވެ.

މި ކުންފުނިން ޖޯންސަންސްގެ ޓަލްކަމް ބޭބީ ޕައުޑަރު ނުވަތަ ފުށް އުފެއްދުން ހުއްޓާލަން ނިންމާފައި މިވަނީ، މި ބޭނުންކުރުމުން އޯވަރީގެ ކެންސަރު ޖެހިފައިވާ ކަމަށް ބުނެ ޖޭއެންޖޭއާ ދެކޮޅަށް އެތައް ހާސް އަންހެނުންނެއް ވަނީ ދައުވާ އުފުލާފައި ވަނިކޮށެވެ. ނަމަވެސް މި ކުންފުނިން ވަނީ ދައުވާތަކަށް އިންކާރުކޮށްފަ އެވެ.

އެ ކުންފުނިން ބުނިގޮތުގައި ޓަލްކްގެ ބަދަލުގައި ދެން އެ ކުންފުނިން ބޭނުންކުރާނީ ޒުވާރި ފުށެވެ. ޖޭއެންޖޭ އިން މިގޮތަށް ނިންމާފައި މިވަނީ ޓަލްކު އަޅާފައި ހުންނަ އެ ކުންފުނީގެ އުފެއްދުންތައް އެމެރިކާ އާއި ކެނެޑާގައި ވިއްކުން ހުއްޓާލިތާ ދެ އަހަަރު ފަހުންނެވެ.

ޓަލްކަކީ މައިން ކޮށްގެން ބިމު އަޑިން ނަގާ މާއްދާއެކެވެ. މި މާއްދާ އުފެދެނީ ކެންސަރު ޖެހުމަށް މަގުފަހިވާ ކަމަށް ހޯދިފައިވާ އެސްބެސްޓޯސް މާއްދާއާ ކައިރީގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ