- Advertisement -ad image

ރަޝިޔާއިން ހަތިޔާރު އެތެރެކުރުމަށް ބޭނުންކުރާ ބްރިޖްތަކެއް ހަލާކު ކޮށްލައިފި

ad image

ގުޅުންހުރި ލިޔުންތައް

ރަޝިޔާގެ އަސްކަރީ ސިފައިން ޔުކްރޭނަށް ހަނގުރާމަ މަތީ ހަތިޔާރު އތެރެކުރުމަށް ބޭނުންކުރާ 2 ބްރިޖެއް ޔުކްރޭނުން ހަލާކު ކޮށްލައިފި އެވެ.

ޔުކްރޭނުން ހަމަލާދީ ހަލާކު ކޮށްލާފައިވަނީ ދްނިޕްރޯ ކޯރުގެ މަތިން އޮންނަ ޙޭރްސަން ބްރިޖާއި އެންޓޮނިވްސީ ރޯޑް ބްރިޖެވެ. މި ބްރިޖުތަކަށް ދީފައިވާ ހަމަލާތަކުގެ ސަބަބުން ބްރިޖުމަތިން ބަރު އުޅަނދު ފަހަރަށް ދެން ދަތުރެއް ނުކުރެވޭނެ ކަމަށް ހޮނިހިރު ދުވަހު ބްރިޓިންޝް އިންޓެލިޖެންސް އިން ނެރުނު ރިޕޯޓެއްގައި ބުނެފައި ވެއެވެ.

މި ދެ ބްރިޖަށް ހަމަލާދިނުމުގެ ސަބަބުން ރަޝިޔާ ސިފައިންނަށް ޔުކްރޭނަށް ހަތިޔާރު އެތެރެކުރުމަށް ބޭނުންވާ ކުރާ މުހިއްމު ދެ ދޮރު ވަނީ ބަންދު ވެފައެވެ.

މި ދެ ބްރިޖް ހިމެނޭ ސަރަހައްދު ތަކަކީ މިހާރު ރަޝިޔާ ސިފައިންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކެވެ. އަދި މި ދެ ބްރިޖް މަރާމާތު ކޮށްގެން ބޭނުން ކުރުން ނޫންގޮތެއް ނެތްކަމަށް ރިޕޯޓްގައި ވަނީ ބުނެފަ އެވެ.

މި ބްރިޖްތައް މަރާމާތުކުރި ނަމަވެސް ބްރިޖްތަކުން އަލުން ހަތިޔާރު އެތެރެކުރުމަކި ރަޝިޔާ އަސްކަރިއްޔާއަށް ރައްކާތެރިކަމަކަށް ނުވާނެއެވެ.

މި ހަނގުރާމަ ފެށުނު ފަހުން ރަޝިޔާގެ 20،000އަށްވުރެ ގިނަ ސިފައިން ވަނީ މަރުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ