- Advertisement -ad image

ޗައިނާގެ އަސްކަރީ އުޅަނދަށް ލަންކާގެ ބަނދަރަށް ވަނުމުގެ ހުއްދަ ދީފި

ad image

ގުޅުންހުރި ލިޔުންތައް

ޗައިނާގެ އަސްކަރީ ސާވޭ އުޅަނދު “ޔުއަންގް ވަންގް 5” ލަންކާގެ ހަމްބަންޓޯޓާ ބަނދަރަށް ވަނުމުގެ ހުއްދަ ލަންކާ އިން ދީފި އެވެ.

ލަންކާއިން މި ހުއްދަ ދީފައި މިވަނީ އުޅަނދު ހަމްބަންޓޯޓާ ބަނދަރަށް ވަންނަން އުޅޭތީ އިންޑިއާ އިން އެކަމާ ދެކޮޅުހެދުމުން ދަތުރު ފަސްކުރަން އެންގުމަށް ފަހު އެވެ. ލަންކާއިން އިއްޔެ ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ.

ލަންކާގެ ބަނދަރަށް ވަނުމަށް ޗައިނާއިން ފޮނުވާފައިވާ އުޅަނދަކީ ސެޓެލައިޓާއި ރޮކެޓާއި އިންޓަކޮންޓިނެންޓަލް ބެލަސްޓިކް މިސައިލް ލޯންޗާ ވެސް ވެސް ޓްރެކް ކުރެވޭނެގޮތަށް ފަރުމާކޮށްފައިވާ ސްޕޭސް-ޓްރެކިން އުޅަނދެކެވެ.

މ އުޅަނދު ވަނުމަަށް ލަންކާއިން ހުއްދަ ދިން ނަމަވެސް އެމެރިކާއިން ވަނީ “ޔުއަންގް ވަންގް 5” އަކީ ޗައިނާ ސިފައިންގެ ސްޓްރެޓެޖިކް ސަޕޯޓް ފޯސްގެ އުޅަނދެއް ކަމަށް ތުހުމަތު ކޮށްފަ އެވެ.

ލަންކާގެ ހަމްބަންޓޯޓާ ބަނދަރަކީ ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން ހިންގަމުން ގެންދާ ބަނދަރެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ