- Advertisement -ad image

ކުވޭތުން އީރާނަށް އާ އެމްބެސެޑަރެއް އައްޔަންކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ކުވޭތުން އީރާނަށް އާ އެމްބެސެޑަރެއް އައްޔަން ކޮށްފި އެވެ. ކުވޭތުން އައްޔަންކޮށްފައިވަނީ ބަދުރު އަބްދުﷲ އައްމުނައިޚް އެވެ.

ކުވޭތާއި އީރާނުގެ ގުޅުން ވަނީ މިފަހަކަށް އައިސް ވަނީ ވަރަށް ގޯސްވެފަ އެވެ. އެ ދެ ޤައުމުން ގުޅުންބަދަހިކޮށްފައި ވަނީ 6 އަހަރުގެ މެދުކެނޑުމަކަށް ފަހުގަ އެވެ.

އީރާނާ އެކު އޮތް ގުޅުން ކުވޭތުން ދަށްކުރީ ތެހެރާންގައި ހުންނަ ސައޫދީ އެމްބަސީއަށް ހަމަލާދީ ހުޅުޖެހި މައްސަލާގައި 2016 ގައެވެ.

މައްސަލާގައި ސައޫދީ އާއި އީރާންގެ ގުޅުން މުޅިން ޚަރާބުވެ ސަފީރުން ގައުމަށް ވަނީ ގެންގޮސްފަ އެވެ. އަދި ސައޫދީއާ ބައިވެެރިވުމުގެ ގޮތުން ކުވޭތާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް ފަދަ ގަލްފު ގައުމުތަކުން އެމްބެސެޑަރުން ގައުމަށް ގެންދިޔަ އެވެ.

ކުވޭތުން އީރާނަށް ކަނޑައެޅި އެމްބެސެޑަރު ބަދުރު އަބްދުﷲ އައްމުނައިޚް އީރާންގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުﷲހިޔާން އަށް ފަތްކޮޅު އަރުވައި މަގާމާ މިހާރު ވަނީ ހަވާލުވެ ވަޑައިގެންފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ