- Advertisement -ad image

ޕެޑް ހިލޭ ދޭން ފެށި ފުރަތަމަ ގައުމަކަށް ސްކޮޓްލޭންޑް

ad image

ގުޅުންހުރި ލިޔުންތައް

ހުރިހާ ރައްޔިތުންނަށް ހިލޭ ޕެޑް ލިބޭގޮތަށް ހަމަޖެއްސި ފުރަތަމަ ގައުމަކަށް ސްކޮޓްލޭންޑްވެއްޖެއެވެ.

މި މުހިންމު ނިންމުން ސްކޮޓްލޭންޑްގެ ހެލްތް މިނިސްޓްރީން ނިންމާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. މިހާރު ވަނީ ރައްޔިތުންނަށް ހިލޭ ޕެޑް ލިބޭ ގޮތަށް ނިންމި ނިންމުމަށް އަމަލުވެސް ކުރަން ފަށާފައެވެ.

ރައްޔިތުންނަށް ހިލޭ ޕެޑް ލިބޭނެ ގޮތް ހެދުމަށް 2020 ވަނަ އަހަރުވެސް އެގައުމުގެ މަޖިލީހަށް ހުށަހެޅި ނަމަވެސް ސަރުކާރަށް އޭރު އެކަން ކުރަން މަގުފަހިކޮށެއް ނުދެވުނެވެ.

މިބިލް މަޖިލީހަށް ހުށަހެޅި މޮނިކާ ލެނަން ބުނެފައިވަނީ މި ކަން ތަންފީޒު ކުރަން އެންމެ އުދަނގޫވީ ލޯކަލް އޮތޯރިޓީތަކުންނާ ޕާޓްނާޝިޕް އޯގަނައިޒޭޝަން ތަކުން އެކަން ކުރުމަށް ހުރަސްތަކެއް އެޅުމުން ކަމަށެވެ. 

ދެއަހަރު ދުވަހުގެ ބަހުސްއަކަށްފަހު މި ގޮތަށް ސަރުކާރުން ނިންމުމުން ޕެޑް ފްރީ ކުރަން ހުށަހެޅި މޮނިކާ ބުނެފައިވަނީ އޭނާ ގަބޫލު ކުރާ ގޮތުގައި ސްކޮޓްލޭނޑަކީ ޕެޑް ފްރީ ކުރި ފުރަތަމަ ގައުމަށް ވިއަސް މިކަން ކުރާނެ އެންމެ ފަހު ގައުމަށް ނުވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

ސްކޮޓްލޭންޑް ސަރުކާރުގެ ނިންމުމުގައިވާ ގޮތުން ޕީރިއަޑް ދުވަސްވަރު ބޭނުންކުރަންޖެހޭ ހުރިހާ ސާމާނެއް ބޭނުންވާ ފަރާތްތަކަށް މީގެ ފަހުން ހިލޭ ދޫކުރާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ