- Advertisement -ad image

ދުނިޔޭގައި ޕޯލިއޯ އަލުން ފެތުރިގެންފާނެ ކަމަށް ބިރު ބޮޑުވެއްޖެ!

ad image

ގުޅުންހުރި ލިޔުންތައް

ދުނިޔޭގައި ޕޯލިއޯ އަލުން ފެތުރިގެންފާނެ ކަމަށް ބިރުހީވެފައިވާކަމަށް ސިއްހީ މާހިރުން ބުނެފި އެވެ.

ރިޕޯޓުތަކުން ދައްކާގޮތުގައި ދުނިޔޭގެ ބޮޑެތި ޤައުމުތައް ކަމަށްވާ އެމެރިކާ އާއި އިނގިރޭސވިލާތް އަދި އިޒްރޭލުގެ ބައެއް އަވަށްތަކުގައި ޕޯލިއޯ އަންނަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. ސިއްހީ މާހިރުން ބުނާ ގޮތުން ޕޯލިއޯގެ އަލާމާތްތައް ދޭތެރެ ދޭތެރެއިން ބައެއް ގައުމުތަކުން ފެނެ އެވެ. އެކަމަކު ބިރުގަންނަ ވަރަށް ފެތުރިގަނެފައި ނުވެ އެވެ.

ޕޯލިއޯ އެންމެ ފުރަތަމަ ފެތުރުނީ މީގެ 20 އަހަރު ކުރިންނެވެ. އަދި މި ބަލިވަނީ މީގެ އެތައް ޒަމާނެއްްކުރިން ދުނިޔެއިން ނައްތާލާފަ އެވެ.

ޕޯލިއޯ އާއްމުކޮށް ޖެހެނީ އުމުރުން ފަސް އަހަރުން ދަށުގެ ކުދިންނަށެވެ. މި ބަލީގެ ކުރީކޮޅު މާބޮޑު ނިޝާންތަކެއް ނުފެނެއެވެ. އެހެންނަމަވެސް ބަލިބޮޑުވެ ނުކުޅެދުންތެރިވާ ހާލަތަށް ދެއެވެ. ޕޯލިއޯ ޖެހޭ އަދަދަށް ބަލާއިރު ބަލީގައި 10 ޕަސެންޓް ކުދިން މަރުވާކަން ވެސް ދުނިޔެ ވަނީ ތަޖުރިބާކޮށްފަ އެވެ.

ޕޯލިއޯއަށް ވެކްސިނެއް ތައާރަފްކުރީ 1950 ވަނަ އަހަރުގަ އެވެ. އަދި މި ވެކްސިނާއެކު ޕޯލިއޯގެ އެންމެ ނުރައްކާތެރި ވައްތަރުތައް މުޅި ދުނިޔެއިން ވަނީ ފޮހެލާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ