- Advertisement -ad image

އެމެރިކާ އާއި ޓައިވާނާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރަނީ

ad image

ގުޅުންހުރި ލިޔުންތައް

އެމެރިކާ އާއި ޓައިވާނާ ދެމެދު އިގްތިސާދީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭ މަޝްވަރާތަކެއް ފެށުމަށް އެއްބަސްވެއްޖެއެވެ.

މިކަމާއި ގުޅޭ މަޝްވަރާތައް ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ފަށާނެކަމަށް އެ ދެ ޤައުމުން މިހާރުވަނީ އިއުލާންކޮށްފަ އެވެ. އަދި އެމެރިކާއިން ވަނީ މި މަޝްވަރާތައް ވެގެންދާނީ ވަރަށް އުއްމީދީ މަޝްވަރާތަކަކަށް ކަމަށް ބުނެފަ އެވެ.

އެމެރިކާއިން ބުނިގޮތުގައި މި މަޝްވަރާތަކުގެ މަގްސަދަކީ ވިޔަފާރި އާއި އިގްތިސާދާ ގުޅޭ 11 ދާއިރާއަކުން ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރުމެވެ. އަދި، ޓައިވާނުގެ އިގްތިސާދަކީ 21 ވަނަ ގަރުނުގެ ދުނިޔެއަށް ފެތޭ، ވިލުންވެރި އިގްތިސާދަކަށް ހެދުންކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެމެރިކާއިން ޓައިވާނާ އެކު ގުޅުން ބަދަހިކުރަން މަސައްކަތް ކުރަމުން މި ދަނީ، ޓައިވާނުގެ މިނިވަން ކަމުގެ ބަހުސްގައި އެމެރިކާއާއި ޗައިނާއާ ދެމެދު ބޮޑު ނުތަނަސް ކަމެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ