- Advertisement -ad image

އިންޑިއާގައި ހަލުވި ކަމާއެކު ’ޓޮމާޓޯ ފްލޫ’ ފެތުރެނީ

ad image

ގުޅުންހުރި ލިޔުންތައް

އަވަށްޓެރި އިންޑިއާގެ ބައެއް އަވަށްތަކުގައި ހަލުވި ކަމާއެކު ’ޓޮމާޓޯ ފްލޫ’ ފެތުރެން ފަށައިފިއެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ބުނާ ގޮތުން މިހާތަނަށް ޓޮމޯޓޯ ފްލޫ ވަނީ ވަނީ ކެރެލާ އަދި އޮޑީޝާ އަވަށުން ފެނިފައެވެ.

މި އިންފެކްސަންގެ އަސަރު މިހާތަނަށް 82 ކުޑަކުދިންނަށް ކޮށްފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ. މި ވައިރަހުގެ އަލާމާތްތައް އެންމެ ފަސޭހައިން ފެންނަނީ އަތާއި، ފައިތިލަ, ފޫކޮޅު އަދި އަނގައިންނެވެ.

އުމުރުން 5 އަހަރުން ދަށުގެ ކުޑަކުދިންނަށް ޖެހޭ މިވައިރަސް ވަނީ މިހާތަނަށް އެ ޤައުމުގެ 82 ކުއްޖަކަށް ޖެހިފައެވެ. މި ވައިރަސް ޑޮކްޓަރުން ސިފަކޮށްފައިވަނީ ފުރާނައަށް ނުރައްކަލެއް ނެތް ވައިރަހެއްގެ ގޮތުގަ އެެވެ.

މި ވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ މެއި ހަ ވަނަ ދުވަހު ކެރެލާގެ ކޮއްލަމް ޑިސްޓްރިކްޓުންނެވެ. އޭގެފަހުން ޓަމިލްނާޑޫ އަދި ކަރްނަޓަކާއިން ވެސް ވަނީ މި ވައިރަސް ފެނިފަ އެވެ.

ޓޮމާޓޯ ފްލޫ ޖެހިގެން މިހާތަނަށް ރިޕޯޓުކޮށްފައިވަނީ އުމުރުން 1 – 9 އަހަރާއި ދެމެދުގެ ކުދިންނެވެ.

ޓޮމާޓޯ ފްލޫއަކީ ޗިކުންގުންޔާ އާއި ވަރަށް އެއްގޮތް ބައްޔެކެވެ. މީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ގަދަޔަށް ހުން އައުން، ރަތް ކުލައިގެ ފިތްގަނޑު ނެގުން، ހުޅުހުޅުގައި ގަދަޔަށް ރިހުމެވެ. އަދި އެހެން އަލާމާތްތަކުގެ ތެރޭގައި ހޮޑުލުމާއި، ބޯ އަނބުރާ ވަރުބަލިވުން، ބޭރަށް ހިންގުން، ޑީހައިޑްރޭޓްވުން، ހުޅުތައް ދުޅަވުން، ގައިގެ ރިހުން ފަދަ އަލާމާތްތައް ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ