- Advertisement -ad image

ނަޖީބުއަށް ޖަލުން ސަލާމަތެއް ނުވެވުނު

ad image

ގުޅުންހުރި ލިޔުންތައް

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު މައްޗަށް އިއްވާފައި އޮތް 12 އަހަރުގެ ޖަލު ހުކުމް އެގައުމުގެ އެންމެ މަތީ ކޯޓުން އިއްޔެވަނީ ދަމަހައްޓާފަ އެވެ. މިއީ ޚިޔާނާތުގެ ކުށުގައި 12 އަހަރަށް ޖަލަށް ލާން 2020 އަހަރު ކޮށްފައިވާ ހުކުމެކެވެ.

މިއާއެކު އިއްޔެ ވެގެން ގޮސްފައިވަނީ ވަރަށް ތާރީހީ ދުވަހަކަށެވެ. އެއީ މެލޭޝިއާގެ ބޮޑުވަޒީރުކަން ކުރި ބޭފުޅަކު ފުރަތަމަ ފަހަރަށް ޖަލު ހުކުމެއް ތަންފީޒު ކުރަން ފަށަން ޖެހުނީ އިއްޔެކަމަށް ވާތީއެވެ.

ވަން މެލޭޝިއާ ޑިވެލޮޕްމަންޓް ފަންޑް (1އެމްޑީބީ) ގެ 210 މިލިއަން ރިންގިޓް (46.8 މިލިއަން ޑޮލަރު) އަށް ޚިޔާނާތްތެރިވިކަން ސާބިތުވެ ނަޖީބް ޖަލަށް ލާން ކުރި ހުކުމްގެ އިސްތިއުނާފްގައި މެލޭޝިއާގެ ފެޑަރަލް ކޯޓުން ނިންމީ ދަށު ކޯޓުގެ ނިންމުން ރަނގަޅު ކަމަށެވެ. މަތީ ކޯޓުން މިގޮތަށް ނިންމުމާ އެކު ނަޖީބުގެ ހުކުމް ތަންފީޒުކުރަން ފަށަން ޖެހޭނެ އެވެ.

ނަޖީބުގެ މައްޗަށް ޖަލު ހުކުމެއް އިއްވި ޖަލު ހުކުމް ތަންފީޒު ކުރަން ފެށުނު ނަމަވެސް އޭނާއަށް ސަޕޯޓް ކުރާ އެތައް ހާސް ބަޔަކު އަދިވެސް މެލޭޝިއާގައި އެބަތިއްބެވެ. އެހެންކަމުން އޭނާ އަށް ޖަލުން ސަލާމަތް ވެވެން ހުރި މަގުތަކަކީ ކޮބައިތޯ އެފަރާތްތަކުން ސުވާލު ކުރެއެވެ.

ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު ތެންގްކޫ މައިމޫން ތުއަން މާތު ވިދާޅުވީ ނަޖީބު ޖަލަށް ލުމަށް ކޮށްފައިވާ ހުކުމަށް ވާސިލްވުމުގައި ރިއާޔަތްކޮށްފައިވާ ހެކިތަކަށް ބަލާއިރު ހުކުމް ރަނގަޅު ކަމަށާއި އެ ހުކުމް ދަމަހައްޓަނީ ފަނޑިޔާރުންގެ އިއްތިފާގުން ކަމަށެވެ.

މެލޭޝިއާގެ އެންމެ މަތީ ފެޑްރަލް ކޯޓުން ނަޖީބުގެ ޖަލު ހުކުމް ދެމެހެއްޓި ނަމަވެސް އަދިވެސް މައްސަލަ އަލުން ބަލައި ދިނުން އެދި ހުށަހެޅުމުގެ ފުރުސަތު ނަޖީބަށް އޮންނާނެއެވެ. އަލުން ކޯޓަށް މައްސަލަ ހުށަހަޅަން އޭނާއަށް 14 ދުވަހުގެ މުހުލަތެއް ލިބޭނެއެވެ. އަލުން ކޯޓުން މައްސަލަ ބަލައި، ޖަލު ހުކުމުން ސަލާމަތް ވުމުގެ ފުރުސަތު ނަޖީބަށް އެބައޮތެވެ. ނަމަވެސް އޭނާގެ މައްޗަށް ސާބިތުވި ދައުވާތަކާއި ގުޅޭ ގޮތުން ހުރި ހެކިތަކަށް ބަލާއިރު ޝަރީއަތުގެ މަރުހަލާ އިން ނަޖީބު ސަލާމަތް ވުމަކީ ވުމަށްވުރެ ނުވުން ކައިރި ކަމެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ