- Advertisement -ad image

ދަރިމައިވުމުގެ ރޭޓު އެންމެ ދަށް ގައުމުގެ ރެކޯޑު ދެކުނު ކޮރެއާއަށް!

ad image

ގުޅުންހުރި ލިޔުންތައް

ދަރިމައިވުމުގެ ރޭޓު އެންމެ ދަށް ގައުމު ކަމުގައި އޮތް ދެކުނު ކޮރެއާއިން ދުނިޔޭގެ ރެކޯޑެއް ދަމަހައްޓައިފި އެވެ.

ދެކުނު ކޮރެއާ އަކީ ދަރިމައިވުމާއި އާއިލާ ބިނާކުރުމަށް ވަކި ސިޔާސަތެއް ގެންގުޅޭ ގައުމެއް ނޫނެވެ. އެހެން ނަމަވެސް 2018 ވަނަ އަހަރު ހެދި ދިރާސާއަކުން ވަނީ ދެކުނު ކޮރެއާގެ ކޮންމެ އަންހެނަކަށް އެންމެ ކުއްޖަކު ވެސް ނުޖެހޭކަން ވަނީ އެނގިފަ އެވެ.

އަދި ކޮރެއާ ސަރުކާރުން ބުދަދުވަހު ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުން މި ރޭޓު މިހާރު ވަނީ 0.81 އަށް ވެއްޓިފަ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 0.03ގެ ވެއްޓުމެކެވެ. އަދި މިއީ އެ ގައުމުގެ ދަރިމައިވުމުގެ ރޭޓު ޖެހިޖެހިގެން ދަށަށް ދިޔަ ހަވަނަ އަހަރެވެ.

ދެކުނު ކޮރެއާގައި ކުދިން އުފަންވި މިންވަރަށް ވުރެ މީހުން މަރުވި މިންވަރު ފުރަތަމަ ފަހަރަށް 2020ގައި މައްޗަށް ގޮސް ވަރަށް ބޮޑެތި ކަންބޮޑުންތަކެއް އުފެދުނެވެ. 

ދެކުނު ކޮރެއާގެ ދަރިމައިވުމުގެ ރޭޓު ދަށްވަމުން ދިޔުމުގެ މައިގަނޑު ސަބަބެއް ކަމުގައި ބެލެވިފައި ވަނީ އިގްތިސާދީ ޕްރެޝަރުތަކާއި ވަޒީފާއާ ގުޅޭ ކަންކަމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ