- Advertisement -ad image

މަސްޖިދުއް ނަބަވީ ތަރައްގީކުރުމުގެ ބިޔަ މަޝްރޫއު އިއުލާން ކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ސައޫދީ އަރަބިއްޔާގެ މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީ، ތަރައްގީކުރުމަށް ބިޔަ މަޝްރޫއުއެއް ފެށުމަށް ނިންމައިފި އެވެ.

މަސްޖިދުއް ނަބަވީގެ ވަށައިގެންވާ ސަރަހައްދުން ބައެއް ތަރައްގީކުރުމުގެ ބިޔަ މަޝްރޫއު އިއުލާން ކޮށްދެއްވާފައި ވަނީ އެ ގައުމުގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އެވެ.

އިއްޔެ އިއުލާންކުރި “ރުއާ އަލް މަދީނާ” މަޝްރޫއުގެ ދަށުން ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ މަސްޖިދުއް ނަބަވީގެ އިރުމަތީ ސަރަހައްދުން 1.5 މިލިއަން އަކަމީޓަރުގެ ބިމެކެވެ. ސައޫދީ ސަރުކާރުން ބުނި ގޮތުގައި “ރުއާ އަލް މަދީނާ” މަޝްރޫއުގެ ދަށުން މި ސަރަހައްދު ތަރައްގީކޮށް ނިމޭއިރު، ދުވާލަކު 149000 މީހުންނަށް މަސްޖިދުއް ނަބަވީ އަށް ޒިޔާރަތް ކުރުމުގެ މަގު ތަނަވަސްވާނެ އެވެ.

މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ ޓޫރިސްޓު ހޮޓާތަކާއި ހައުސިން ޔުނިޓްތަކާއި ވިޔަފާރި ޔުނިޓްތަކުން، ޖުމްލަ 93000 ވަޒީފާ އުފެދޭނެ އެވެ. އަދި މި ސަރަހައްދު ތަރައްގީކުރުމުގެ މަޝްރޫއު ނިމޭއިރު، މަސްޖިދުއް ނަބަވީ އަށް ޒިޔާރަތްކުރާ މީހުންނަށާއި އުމްރާވެރިންނަށް ޚިދުމަތް ދިނުމަށް އަލަށް އިމާރާތްކުރާ ޓޫރިސްޓް ހޮޓާތަކުގައި ޖުމްލަ 47000 ކޮޓަރި ހުންނާނެ އެވެ.

ސައޫދީ ސަރުކާރުން ބުނާ ގޮތުގައި ރުއާ އަލް މަދީނާ މަޝްރޫއު ކުރިއަށް ދާނީ، މަދީނާގެ ސަގާފީ އަދި އާސާރީ އުމްރާނީ ތަރިކަ ރައްކާތެރިކުރެވޭ ގޮތަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ