- Advertisement -ad image

ސްމަޓްރާއަށް 6.4ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

އިންޑޮނޭޝިޔާގެ ސްމަޓްރާއަށް 6.4 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ބިންހެލުން އައިސްފައިވަނީ ސްމަޓްރާގެ މެންޓަވާއީ އައިލެންޑްސްގެ ކައިރިއަށެވެ. ބިންހެލުން އައިނަމަވެސް އަދި ސުނާމީއެއް އަރާފާނެކަމުގެ ބިރުވެރިކަމެއް ނެތްކަމަށް އިންޑޮނޭޝިޔާގެ މޫސުމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.

މި ބިންހެލުން އައިސްފައިވަނީ ސްމަޓްރާގެ 10 ކިލޯމީޓަރު އަޑިންނެވެ. އަދި މިހާތަނަށް ލިބުނު ގެއްލުމުގެ ފުރިހަމަ ތަފްސީލެއް ލިބިފައި ނުވާކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ.

މިއަދު ހަމަ އެ ސަރަހައްދަށް ވަނީ އިތުރު ދެ ބިންހެލުން އައިސްފަ އެވެ. އެއީ 5.2ގެ ބިންހެލުމަކާއި 5.9ގެ ބާރުމިނުގައި އައި ބިންހެލުމެކެވެ.

އިންޑޮނޭޝިޔާ ފާހަގަވެފައިވަނީ ދުނިޔޭގައި އެންމެ ގިނައިން ބިންހެލުން އަންނަ ޤައުމުގެ ގޮތުގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ