- Advertisement -ad image

މާބަނޑު ޓޫރިސްޓަކު މަރުވުމުން ހެލްތް މިނިސްޓަރު އިސްތިއުފާ ދީފި

ad image

ގުޅުންހުރި ލިޔުންތައް

ޕޯޗްގަލްއަށް ޒިޔާރަތްކުރި ފަތުރުވެރިއަކަށް ހޮސްޕިޓަލުން ފަރުވާ ދިނުން ލަސްވެ މަރުވި ހާދިސާ އާއި ގުޅިގެން އެ ޤައުމުގެ ހެލްތް މިނިސްޓަރ މަރްތާ ތެމިދޯ މަގާމުން އިސްތިއުފާ ދީފިއެވެ.

34 އަހަރުގެ އިންޑިޔާއަށް ނިސްބަތްވާ މި މާބަނޑު ފަތުރުވެރިޔާ މަރުވެފައި ވަނީ ހޮސްޕިޓަލްއިން ޖާގަ ނުލިބިގެން އެކި ހޮސްޕިޓަލްއަށް ދުއްވި މަގުމަތީގައި އެތައް ފަހަރެއްގެ މަތިން ހާޓް އެޓޭކް ޖެހިގެންނެވެ. މި އަންހެން މީހާ މަރުވި އިރުވެސް ހޮސްޕިޓަލްތައް ފުރިފައި އޮތުމުން ގެންދިޔަ އެއްވެސް ހޮސްޕިޓަލެއްގެ މާބަނޑު މީހުންގެ ވޯޑުން ޖާގަ ނެތްކަމަށް ބުނެ ވަނީ ފޮނުވާލާފަ އެވެ.

ހެލްތް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެމުން ތެމީދޯ ބުނީ އޭނާ މި ގޮތަށް ނިންމީ އެ އޮފީހުގައި މަސައްކަތް ކުރުމުގެ ޝަރުތު ތެމީދޯގެ ފުރިހަމަ ނުވާކަމަަށް ދެކޭތީ ކަމަށެވެ.

ޕޯޗްގަލްގެ ހެލްތް މިނިސްޓަރ ކަމަށް ތެމީދޯ އައްޔަންކޮށްފައިވަނީ 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގަ އެވެ. އޭގެ ފަހުން ކޮވިޑް ޕެންޑަމިކް އަދި މަންކީ ޕޮކްސްފަދަ ބޮޑެތި ބަލިމަޑުކަން ދުނިޔޭގައި ފެތުރުނު އިރު ވެސް ތެމީދޯވަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާފަ އެވެ. ތެމީދޯގެ އިސްތިއުފާ ސިޓީ ބަލައިގަންނަމުން އެ ޤައުމުގެ ބޮޑުވަޒީރު އެންޓޯނިއޯ ކޮސްޓާ ވަނީ ކޮވިޑް-19އިން ދިފާއުވުމަށް ހިންގި ވެކްސިން ކެމްޕެއިން ކާމިޔާބުކަމާއެކު ރާވާ ހިންގީތީވެ، އެކަން ފާހަގަކޮށް ޝުކުރު އަދާކޮށްފަ އެވެ.

ޕޯޗްގަލްގައި މި ދުވަސްވަރަކީ އާއްމުކޮށް ހޮސްޕިޓަލްތަކުން ޑޮކްޓަރުން މަދުވާ ދުވަސްކޮޅެކެވެ. އަދި މި ހާދިސާެައަށް ފަހު ސަރުކާރުން ވަނީ ހޮސްޕިޓަލްތަކުގެ ހިދުމަތް ވަކިން ގާތުން ބެލުމަށް ނިންމާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ