- Advertisement -ad image

ސޮވިއެޓްގެ ކުރީގެ ރައީސް މަރުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ސޮވިއެޓް ޔޫނިއަންގެ ކުރީގެ ރައީސް މީކާއިލް ގޮބަޗޯވް މަރުވެއްޖެ އެވެ.

އުމރުން 91 އަހަރުގައި މީކާއިލް މަރުވެފައިވަނީ ކިޑްނީ ބަލީގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުމަށް ފަހުގަ އެވެ. މީކާއިލް މަރުވެފައިވަނީ މޮސްކޯ ހޮސްޕިޓަލްގައި ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.

ސޮވިއެޓްގެ ކުރީގެ ރައީސް މީކާއިލް މަޝްހޫރުވެފައިވަނީ އެމެރިކާ އާއި ސޮވިއެޓް ޔޫނިއަން އާއި ދެމެދު ދިގު މުއްދަތަކަށް ކުރި ހަނގުރާމަ (ކޯލްޑް ވާރ ނުވަތަ ފިނި ހަނގުރާމަ) ނިމުމަކަށް ގެނައި ލީޑަރުގެ ގޮތުގަ އެވެ. މި ހަނގުރާމަ ފެށިފައިވަނީ 1947 ގައެވެ. އަދި މި ހަނގުރާމަ ވަނީ 44 އަހަރަށް ދިގުދެމިގެން ގޮސްފަ އެވެ. މި ހަނގުރާމަ ފެށިފައިވަނީ ދެވަނަ ބޮޑު ހަނގުރާމަ ނިމުނުތަނުންނެވެ.

މީކާއިލްގެ މަރާއި ގުޅިގެން ރަޝިޔާގެ ރައީސް ވްލެޑްމިޔާ ޕުޓިންވެސް ވަނީ ތައުޒިޔާ ކިޔާފަ އެވެ. އަދި ޔޫރަޕިއަން ޔޫނިއަންގެ ސެކެޓްރީ ޖެނެރަލް ވަނީ ގެއްލިގެން ދިޔައީ ދުނިޔޭގައި ސުލްހަޤާއިމްކުރަން މަސައްކަތްކުރި އަގުހުރި ލީޑަރެއް ކަމަށާއި މިއީ ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށް ވިދާޅުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ