- Advertisement -ad image

ގްރޭޑް 12 ގައި ކިޔަވަމުންދާ ދަރިވަރަކު ވިހެއުމަށް ފަހު ސްކޫލަށް ދަރި އެއްލާލައިފި

ad image

ގުޅުންހުރި ލިޔުންތައް

އިންޑިޔާގެ ތަމިލް ނާޑޫގެ ސްކޫލެއްގެ ގްރޭޑް 12ގައި އުޅޭ އންހެން ދަރިވަރަކު ބަނޑުބޮޑުވުމުން ދަރި ވިހެއުމަށް ފަހު އެއްލާލައިފި އެވެ.

16 އަހަރުގެ މި ދަރިވަރު ވިހި ކުއްޖާ ފެނިފައިވަނީ ސްކޫލްގެ ތެރޭގައި ހުރި ގަސްގަނޑެއްގެ ތެރެއިންނެވެ. ކުއްޖާ ފެނުނު އިރުވެސް މަރުވެފައިވާކަމަށް އެ ސްކުލްގެ ހެޑްމާސްޓަރު ވަނީ ބުނެފަ އެވެ.

މި ދަރިވަރު ބަނޑުބޮޑު ވެފައިވަނީ އެ ސްކޫލްގެ ގްރޭޑް 10 އެއްގައި ކިޔާވާ އެހެން ދަރިވަރަކަށް ކަމަށް މިހާރުވަނީ ބުނެފަ އެވެ. މިކަމާއި ގުޅިގެން މި ފިރިހެން ދަރިވަރު ވަނީ ފުލުހަށް ގެންގޮސްފަ އެވެ. އަދި އަންހެން ދަރިވަރަށް ވަނީ ހޮސްޕިޓަލްގައި ފަރުވާދީފަ އެވެ.

މަރުވި ތުއްތު ކުއްޖާގެ ހަށިގަނޑު ވެސް ވަނީ ޕޯސްޓްމޯޓަމްއަށް ފޮނުވާފަ އެވެ. އަދި މި ދެ ދަރަިވަރުންނަށް ޖުވެނައިލްގައި ބަހައްޓައިގެން ހުކުމް ތަންފީޒު ކުރުމަށް ކޯޓުންވަނީ އަމުރުކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ