- Advertisement -ad image

އަނބިމީހާ ފަލަވުމުން ތިންފަށުން ވަރިކޮށްފި!

ad image

ގުޅުންހުރި ލިޔުންތައް

އަނބިމީހާ ފަލަވުމުން ތިންފަށުން ވަރިކުރި ފިރިހެންމީހާ އާއި ދެކޮޅަށް މައްސަލަ ޖައްސައިފި އެވެ.

މިކަން ހިނގާފައި ވަނީ އިންޑިޔާގެ އުއްތަރް ޕްރަދޭޝްގެ މީރުތް ޑިސްޓްރިކްޓްގަ އެވެ. މި މީހާ ތިންފަށުން ވަރިކޮށްފައި މިވަނީ މިގޮތަށް ވަރިނުކުރެވޭނެކަމަށް އެ ޤައުމުގެ ސްޕްރީމް ކޯޓުން އަންގާފައި ވަނިކޮށެެވެ.

28 އަހަރުނަޒްމާ ބޭގަމް ބުނިގޮތުގައި އޭނާ ތިން ފަށުން ވަރިކޮށްފައިވަނީ ކައިވެންޏަށް ފަހު އަންހެން މީހާ އާދަޔާ ހިލާފަށް ފަލަވުމުން ނެވެ. އަދި މި އަންހެންމީހާ ވަނީ އޭނާގެ ފިރިމީހާ މުހައްމަދު ސަލްމާން އޭނާއަށް ގެވެށި އަނިޔާ ކޮށްފައިވާކަމަށް ވެސް ކޯޓުގައި ބަޔާން ދީފަ އެވެ.

މި ދެމީހުން ކައިވެންޏަށް 8 އަހަރުވެފައި ވާއިރު، ދެ މީހުންގެ 7 އަހަރަށްދާ ދަރިއެއްވެސް އެބަހުއްޓެވެ. އަދި ނަޒްމާ ބުނިގޮތުގައި އޭނާ ފަލަވުމުން ފިރިމީހާ ދިޔައީ ކޮންމެ ދުވަހަކު އޭނާ އާއި ދިމާލަށް އެއްޗެހި ކިޔާ ފުރައްސާރަ ކުރަމުންނެވެ. އެގޮތުން އެއް ފަހަރަކު ނަޒްމާ ގެއިން ނެރެލުމުން މަސްދުވަސް ވަންދެން އޭނާގެ މައިންބަފައިންގެ ގާތުގައި ވެސް ދިރިއުޅުނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ