- Advertisement -ad image

އިނގިރޭސި ބޮޑުވަޒީރުކަން ލިޒް ޓްރަސްއަށް

ad image

ގުޅުންހުރި ލިޔުންތައް

އިނގިރޭސިވިލާތުގެ އައު ބޮޑުވަޒީރުކަމުގެ މަގާމު ލިޒް ޓްރަސްއަށް ލިބިވަޑައިގެންފި އެވެ.

އެކަމަނާއަށް މި މަގާމުން ލިބިވަޑައިގަތީ އިނގިރޭސިވިލާތުގައި ސަރުކާރު ހިންގާ ކޮންޒަވޭޓިވް ޕާޓިގެ ލީޑަރުގެ މަގާމަށް ހޮވިވަޑައިގަތުމުންނެވެ.

މި ޕާޓީގެ ލިޑަރުކަމަށް ގިނަ މެމްބަރުންތަކެއް ކުރިމަތިލިއެވެ. މި ހުރިހާ މެމްބަރުންނެއް ބަލިކޮށް ޓްރަސްއަށް ލީޑަރުކަން ލިބުނީ ރިޝީ ސުނަކްއާއި ވާދަކުރުމަށް ފަހުގަ އެވެ.

47، ޓްރަސްއަށް ވަނީ ކޮންޒަވޭޓިވް ޕާޓީގެ މެމްބަރުން ލީ ވޯޓުގެ ތެރެއިން 81،326 ވޯޓު ލިބިވަޑައިގެންފަ އެވެ. ރިޝީ ސުނަކްއަށް ލިބިވަޑައިގަތީ 60،399 ވޯޓެވެ.

މި ކާމިޔަަބީއަށްފަހު ޓްރަސްވަނީ އެ ޤަައުމުގެ ޓެކްސް ކުޑަކުރުމާއި ހަކަތައިގެ އަގު ދަށްކުރުން ފަދަ ބަދަލުތައް އިގުތިސޯދަށް ގެނައުމަށް މަސައްކަތް ކުރައްވާނޭކަމަަށް ވިދާޅުވެފަ އެވެ. އަދި އަސްކަރިއްޔާގެ ބަޖެޓް ބޮޑުކުރުމާއި ސިވިލް ސާވަންޓުންގެ އުޖޫރަ ބޮޑުކުރުން ފަދަ ބަދަލުތައް ފެންނާނެ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ