- Advertisement -ad image

ބެންގަލޫރަށް ކުރަމުންދާ ވިއްސާރަ: ޕްރައިމަރީ އަދި ހައި ސްކޫލްތަކުގެ ކިޔެވުންވެސް ބަންދުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

އިންޑިއާގެ ބެންގަލޫރަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އެ އަވަށުގެ އުތުރުގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެފައިވާތީ ޕްރައިމަރީ އަދި ހައި ސްކޫލްތަކުގެ ކިޔެވުންވެސް މިއަދު ބަންދުކޮށްފިއެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން މިމަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ބޯކޮށް ވާރޭވެހި އާއްމު ދިރިއުޅުމުގެ ކަންކަމަށް ދަތިވާ ވަރަށް މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ.
އަދި ސްކޫލްތައް ބަންދު ކުރަން ނިންމީ ހޯމަ ދުވަހުވެސް ދަރިވަރުން މަގުތައް ހުރަސް ކުތަން ޖެހުނީ ބޯޓާއި ޓްރެކްޓަރު ފަދަ އުޅަނދުތައް ބޭނުންކޮށްގެން ކަމަށް ވާތީ މިއަދުވެސް ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާތީ ކަމަށް މީޑިއާތަކުން ބުނެފައިވެއެވެ.

މީގެ އިތުރުންވެސް ކެމްޕެގޫޑަރ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ވެސް ވަނީ ފެންބޮޑުވެފައެވެ.
ބެންގަލޫރުގެ ބައެއް އޮފީސްތަކުންވެސް ވަނީ މަގުތަކުގައި ފެންބޮޑުވެފައިވާތީ ގޭގައި ތިބިގެން މަސައްކަތް ކުރުމަށް މުވަށްޒަފުންނަށް އަންގަަފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ