- Advertisement -ad image

ޕާކިސްތާނުގެ އެންމެ ބޮޑު ކޯރު ބަންޑުންޖަހާލައި ހާލަތު އިތުރަށް ގޯސްވަނީ!

ad image

ގުޅުންހުރި ލިޔުންތައް

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބަންޑުންޖަހާލާފައިވާ ޕާކިސްތާނުގެ އެންމެ ބޮޑު ކޯރުގެ ސަބަބުން ޕާކިސްތާނުގެ ހާލަތު އިތުރަށް ގޯސްވެފައިވާކަމަށް އޮފިޝަލުން ބުނެފި އެވެ.

ސިންދް ޕްރޮވިންސްގައި އޮންނަ މަންޗާރް ނަމަކަށް މި ކޯރު ފުރިގެން ފެންގަނޑު ކައިރި ސަރަހައްދުތަކަށް ދަނީ ފެތުރެމުންނެވެ. އަދި މި ކޯރުގެ ފެންގަނޑު ތިރިކުރުމަށް އޮފިޝަލުން އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް އަދި މިހާތަނަށް އަލިމަގެއް ފެނިފައިނުވާ ކަމަށް އެ ޤައުމުގެ އޮފިޝަލުން ވަނީ ބުނެފަ އެވެ.

މިހާތަނަށް ކޯރުގެ ތިން ސަރަހައްދަކުން ވަނީ ފެންގަނޑު ނުކުމެފަ އެވެ. އަދި މީގެތެރެއިން ދެ ސަރަހައްދެއް ހިޔާމަތްކޮށް އެ ދިމާލުގައި ދިރިއުޅުނު 10،000އަށްވުރެ ގިނަ މީހުން ރައްކާތެރި ސަރަހައްދުތަކަށް ގެންގޮސްފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

އެހެންނަމަވެސް ކޯރު ފުރި ބަންޑުންޖަހާލަފާނެ ކަމުގެ ބިރުއޮތުމުން އެ ސަރަހައްދުތަކާއި ގާތުގައި ދިރިއުޅޭ އިތުރު މީހުންވެސް ގެނބުމުގެ ހާދިސާތަކުން ސަލާމްތްކުރުމަށް ރައްކާތެރި ހިސާބުތަކަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ޕާކިސްތާނަށް އާދަޔާ ހިލާފަށް ވިއްސާރަކޮށް ކުރިމަތިވި ކާރިސާގެ އަސަރު މިހާތަނަށްވަނީ 33 މިލިޔަން މީހުންނަށް ކޮށްފަ އެވެ. މީގެތެރެއިން 1،314 މީހުންވަނީ މަރުވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި 458 ކުޑަކުދިން ހިމެނޭކަމަށް ޕާކިސްތާނުގެ ނެޝަނަލް ޑިޒާސްޓާރ މެނޭޖްމަންޓް އެޖެންސީއިން ވަނީ ބުނެފަ އެވެ.

މިހާތަނަށް ލަފާކުރެވޭގޮތުގައި ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުމުގެ އަދަދު 10 ބިލިޔަން ޑޮޮލަރަށް އަރާނެ އެވެ.

ޕާކުސްތާނުގައި އެންމެ ގިނަ އަދަދަކަށް ކާބޯތަކެތި އުފައްދާ ސިންދް ޕްރޮވިންސްގެ މި ކޯރު ބަންޑުންޖަހާލުމާއި ގުޅިގެން އެ ޤައުމުގެ އިޤްތިސާދަށް ބޮޑު ލޮޅުމެއް އަންނާނޭކަމަށް އޮފިޝަލުން ލަފާކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ