- Advertisement -ad image

މިޔަރެއް ހަމަލާ ދިނުމުގެ ސަބަބުން ދުވަސްވީ އަންހެނަކު މަރުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް


ބަހާމާސްގައި ސްނޯކްލިން އަށް ގޮސް އުޅުނު ކުރޫސް ޝިޕްގެ ދަތުރުވެރިއަކަށް ބުލް މިޔަރެއް ހަމަލާ ދިނުމުގެ ސަބަބުން މަރުވެއްޖެއެވެ.
މި އަންހެން މީހާއަށް ހަމަލާދީފައިވަނީ ރޯޔަލް ކެރީބިއަން އިންޓަރނޭޝަނަލްސް ހާމަނީ އޮފް ދަ ސީސްގެ، އިންޑިޕިންޑެންޓް އެކްސްކާރސަންގައި ބައިވެރިވެގެން އުޅެނިކޮށެވެ.
މިޔަރު ހަމަލާދީފައިވަނީ ބަހާމާސްގެ ކެޕިޓަލް ސިޓީ ނަސައުގެ އީސްޓް ނޯރތްއީސްޓުން 9 މޭލު ދުރުންނެވެ.
މި ހާދިސާގައި މަރުވެފައިވަނީ ޕެންޒްލެވޭނިޔާގެ އުމުރުން 58 އަހަރުގެ އަންހެނެކެވެ. ބޯޓުގެ އެހެން ދަތުރުވެރިންނާއެކު އާއިލާގެ މެންބަރުންވެގެން އަންހެންމީހާ އަށް ފަރުވާ ދިނުމަށް އިމަރޖެންސީގައި ގެންދިޔައިރުވެސް އެމީހާ އޮތީ މަރުވެފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ ކުރިން 2019 ވަނަ އަހަރުވެސް މި ސަރަހައްދުގައި 21 އަހަރުގެ އެމެރިކާ މީހަކަށް ބުލް ޝާރކެއް ހަމަލާ ދިނުމުގެ ސަބަބުން މަރުވެފައި ކަމަށް ބީބީސީން ވަނީ ރިޕޯޓްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ