- Advertisement -ad image

މާލީ ނިޒާމުން ރަޝިއާ ބޭރުކުރަން ވިސްނުމަކީ މޮޔަކަމެއް – ޕުޓިން

ad image

ގުޅުންހުރި ލިޔުންތައް

ދުނިޔޭގެ މާލީ ނިޒާމުން ރަޝިއާ ބޭރުކޮށް އަދި އެކަމުން މަންފާއެއް ހޯދަން ވިސްނާ ނަމަ އެ ބަޔަކު އެކުރަނީ މޮޔަ ކަމެއް ކަމަށް ރަޝިއާގެ ރައީސް ވްލަޑިމިޔާ ޕުޓިން ވިދާޅުވެއްޖެ އެވެ.

“އީސްޓާން އިކޮނޮމިކް ފޯރަމް” ގައި ވާހަކަ ދައްކަވަމުން ޕުޓިން ވިދާޅުވި ދުނިޔޭގެ ސަފުތަކުން ރަޝިއާ އެކަހެރި ކުރަން ބަޔަކު ކިތަން ބޮޑަށް ބޭނުންވެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ކުރަން ލާހިކު ނޫން ކަމަށް ޕުޓިން ވަނީ ވިދާޅުވެފަ އެވެ.

ޕުޓިން ވަނީ ދުނިޔޭގައި މިހާރު ފެތުރެނީ ކޮރޯނާވައިރަހެއް ނޫން ކަމަށް ވިދަޅުވެފަ އެވެ. އަދި ހުޅަނގުން ރަޝިއާއަށް ދަތިކުރަން އަޅާފައި ހުރި ފިޔަވަޅުތަކުގައި ތާށިވެ ޗިސްނުވާ ގައުމެއް ނެތް ކަަމަށް ވެސް ވިދާޅުވި އެވެ.

ހުޅަނގުން ރަޝިއާގެ ތެޔޮ ނުގަތް ނަމަވެސް ގަންނާނެ ގައުމުތައް އެބަހުރި ކަމަށް ޕޫޓިން ވިދާޅުވި އެވެ. އޭޝިއާ އާއި މެދުއިރުމަތި އެފްރިކާ އަދި ޗައިނާ އޮތީ ހިތަކަށް ލިބިވަޑައިގެންފައި ކަމަށްވެސް ވިދާޅުވި އެވެ.

ދުނިޔޭގެ ބޮޑެތި ބާރުތަކަށް ވެސް ޕުޓިންވަނީ ފާޑުކިޔާފަ އެވެ. އެގޮތުން އެ ހުރިހާ ބާރަކުން ރަޝިއާއާ ދެކޮޅަށް ނުކުތުމުން ގުޑުން އަރާނެ ކަމަށް ޕޫޓިން ވިދާޅުވި އެވެ. އެހެން ނަމަވެސް، ރަޝިއާ ހުއްޓުވާލަައި އިނދަޖައްސާލަން ލާހިކު ނޫން ކަމަށްވެސް ޕޫޓިން ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ