- Advertisement -ad image

އިނގިރޭސި ރާނީގެ ސިއްހީ ހާލުކޮޅުދެރަވެ ފަރުވާދެނީ!

ad image

ގުޅުންހުރި ލިޔުންތައް

އިނގިރޭސި ރާނީ އެލިޒަބަތް އެލެކްސަންދްރާ މޭރީގެ ސިއްހީ ހާލުކޮޅު ދެރަވެ ފަރުވާދެމުން އަންނަކަމަށް ބަކިންހަމް ޕެލަސްއިން ހާމަކޮށްފި އެވެ.

ބަކިންހަމް ޕެލަންސްއިން ނެރުނު ބަޔާނެއްގައި ވާގޮތުން ރާނީ މިހާރު އޮންނެވީ އެކަމާނާއަށް ހާއްސަ ޑޮކްޓަރުންގެ ބެއްލެވުމުގެ ދަށުގަ އެވެ. ބަލްބޯރަލްގައި ރާނީ އޮންނެވިއިރު ގާތުގައި އެކަމަނާގެ ބޭފުޅުން ވެސް އެބަތިއްބެވިކަމަށް ރޯޔަލްގެ ތަރުޖަމާނު ވަނީ ވިދާޅުވެފަ އެވެ. އަދި ހުރިހާ ބޭފުޅުންވެސް ތިއްބެވީ އެކަމަނާގެ ސިއްހީ ހާލުކޮޅާއި މެދު ކަންބޮޑުވެފައިކަމަށްވެސް މައުލޫމާތު ލިބެއެވެ.

މި ބަޔާން ނެރުނުތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި އިނގިރޭސިވިލާތުގެ އައު ބޮޑުވަޒީރު ލިޒް ޓްރަސް ވަނީ އެކަމަނާއަށް އަވަސް ޝިފާއަކަށް އެދި ނޯޓެއް ފޮނުއްވާފަ އެވެ. އަދި ބަކިންގްހަމް ޕެލަސްގެ ހަބަރު އެއްސެވީ ނުހަނު ކަންބޮޑުވުމާއެކުގައި ކަމަށް ޓްރަސްވަނީ ވިދާޅުވެފަ އެވެ.

އިއްޔެ ރާނީވަނީ ޑޮކްޓަރުންގެ ލަފާގެ މަތިން ފަހު ވަގުތުގައި ޕްރިވީ ކައުންސިލް ބައްދަލުވުމެއްވެސް ފަސްކުރައްވާފަ އެވެ.

އުމުރުފުޅުން 96 އަހަރުފުޅުގެ ރާނީ އެލިޒަބަތްއަކީ އިނގިރޭސިވިލާތުގެ ދެވަނަ ރާނީ އެވެ. އެކަމަނާއަށް 4 ބޭފުޅުން ވަނީ ލިބިލައްވާފަ އެވެ. އަދި އެކަމަނަަގެ 8 މާމަދަރިން އެބަތިއްބެވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ