- Advertisement -ad image

ބުރުޖު ޙަލީފާ ވަށައިގެން ޖައްވުގައި އަޖައިބުކުރުވަނިވި ބިނާއެއް ފަރުމާކުރަނީ!

ad image

ގުޅުންހުރި ލިޔުންތައް

2010 ވަނަ އަހަރު ދުބާއީގައި ހުޅުވުނު ބުރުޖު ޙަލީފާއަކީ މިހާރު ދުނިޔޭގައި ހުރި އެންމެ އުސް ބިނާއެވެ. ސްކިޑްމޯރ، އޯ ވިންގްސް އަދި މޮރިލްއިން ފަރުމާކޮށް އުފެއްދި މި ބިނާއަށް ގޮން ޖަހާލާވަރުގެ އެހެން ބިނާއެއްގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް ދުބާއީގެ މަޝްހޫރު އާރކިޓެކްޗަރ ފާރމް ޒްނޭރާ ސްޕޭސްއިން މިހާރުވަނީ ހާމަކޮށްފަ އެވެ.

ބުރުޖު ޙަލީފާގެ ވަށައިގެން ޖައްވުގައި ވަށްބުރެއްގެ ސިފަޔަށް ހަދާ މި ބިނާގެ ކޮންސެޕްޓް ޑިޒައިންވެސް ޒްނޭރާ ސްޕޭސްއިން ވަނީ އާއްމުންނަށް ދައްކާލާފަ އެވެ.

“ދަ ޑައުން ޓައުން ސާރކަލް” ގެ ނަމުން ނަންދީފައިވާ މި ޕްރޮޖެކްޓަކީ ބުރުޖު ހަލީފާ ވަށައުގެން 550 މީޓަރުގެ ވަށް ބުރެއް ގޮތަށް ފަރުމާކޮށް ހަދާ ޕްރޮޖެކްޓެކެވެ. މި އައު ވިސްނުމަކީ ކުރީގެ މުސްކުޅި ގޮތްތަކާއި ހިލާފަށް އެތައް ގޮތަކުން ކުރިއަރާ އަދި ފަސޭހަ ކަމެއްގެ ގޮތުގައި ޑިޒައިނަރުން ވަނީ ސިފަކޮށްފަ އެވެ.

މި ވަށްބުރުގެ އެތެރެ ފަރުމާކޮށްފައި ހުންނާނީ މީހުންނަށް އތަނުގައި ދިރިއުޅެވޭ ގޮތަށެވެ. މީގެއިތުރުން އެތަނުގެ ތެރޭގައި ވިޔަފާރި ކުރާނެ ތަންތަނާއި އަދި ސަގާފީ ސެންޓަރުތަކެއްވެސް ހިމަނާނެ އެވެ.

އަދި މި ވަށްބުރުގެ އެތެރޭގައި ދަތުރުކުރުމަށް ހާއްސަ ޕޮޑްތަކެއް ހުންނާނޭކަމަށް ވެސް ވަނީ ބުނެފަ އެވެ. އަދި މި ބިނާގައި ހުންނަ ހާއްސަ ރޭލެއްގެ އެހީގައި ބިނާގެ އެންމެ ތިރިން މައްޗަށް އރުމަށް އެޙިވެދޭނެ އެވެ.

ޒްނޭރާ ސްޕޭސްގެ ކޯ ފައުންޑާރއަކީ ނަޖްމުސް ޗައުދަރީ އާއި ނިލްސް ރިމެސް އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ