- Advertisement -ad image

ބޮަޑުމަހެއްގައި ޖެހި ދޯނި ބަންޑުންޖަހާލައި 5 މީހުން މަރުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ނިއުޒިލޭންޑްގެ ކައިކޮއުރާ ގެ ގާތުން ދޯންޏެއް ބަންޑުން ޖަހާލާ ފަސް މީހުން މަރުވި ހާދިސާ ތަހްގީގްކޮށްފި އެވެ.

ވައިލްޑްލައިފް ފޮޓޯގްރާފަރުންތަކެއް ގޮވައިގެން ދަތުރުކުރި މި ދޯނި ބަންޑުން ޖަހާލާފައިވަނީ އިއްޔޭގައެވެ. އަދި މި ހާދިސާ ތަހްގީގްކުރުމަށްފަހު މެރިޓައިމް އިންވެސްޓިގޭޓަރުން ވަނީ މި ހާދިސާ ހިނގަން މެދުވެރިވީ އެ ވަގުތު ދޯނިކައިރިން ދިޔަ ބޮޑުމަހަކަށް އުރިގެން ކަމަށެވެ.

ދޯނި ބަންޑުން ޖަހާލި ވަގުތު ދޯނީގައި ޖުމްލަ 10 ފަސިންޖަރުންނާއި 1 ކްރޫ ހުއްޓެވެ. މިތަނުން 6 މީހުން ވަނީ ސަލާމަތްކޮށްފަ އެވެ. އަދި މަރުވި 5 މީހުންގެ ހަށިތައް ފަހުންވަނީ ހޯދާފަ އެވެ.

މި ހާދިސާ އާއި ގުޅިގެން އަދިވެސް އިތުރަށް ދަނީ ތަހްގީގް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ