- Advertisement -ad image

ތާލިބާނުންގެ ބްލެކް ހޯކް ހެލިކޮޕްޓަރެއް ވެއްޓި ތިން މީހަކު މަރުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ތާލިބާނުން ހަނގުރާމަ މަތީގައި ބޭނުންކުރުމަށް ގެންގުޅުނު ބްލެކް ހޯކް ހެލިކޮޕްޓަރެއް ވެއްޓި ތިން މީހަކު މަރުވެއްޖެ އެވެ.

ވަކި ޖަމާއަތެއް ކަމަށްވާ ތާލިބާނުންގެ ބާރުގެ ދަށުގައި އޮންނަ އަފްޢާނިސްތާނުގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާން އައިނާޔަތުﷲ ޚުރުޒަމީ މި ހެލިކޮޕްޓަރު ވެއްޓުނުކަން ޔަގީންކޮށްދެއްވފަ އެވެ. މި ހާދިސާގައި ވަނީ އިތުރު ފަސް މީހަކަށް އަނިޔާ ވެފަ އެވެ.

އެމެރިކާގެ އަސްކަރިއްޔާގައި މި ހެލިކޮޕްޓަރު ތާލިބާނުންނަށް ލިބުނީ އެމެރިކާ ސިފައިން އަފްޣާނުން ފައިބައިގެން ދަމުން ހެލިކޮޕްޓަރުން ދޫކޮށްލާފައި ދިއުމުންނެވެ.

އެމެރިކާ ސިފައިން ވަނީ އަފްޢާނިސްތާނުގައި ތިބިއިރު ބޭނުންކުރި ޖިމްތަކާއި ކުޅޭ ދަނޑުތައް އަދި އަސްކަރީ ޒަމާނީ ހަތިޔާރާއި އެއްގަމު އުޅަނދުތައް ވެސް ތާލިބާނުންނަށް ވަނީ ދޫކޮށްލާފަ އެވެ. އަދި އެމެރިކާ ސިފައިން މިތަކެތި ތާލިބާނުންނަށް ދޫކޮށްލީ ކުރިން ހަދާފައި އޮތް ޑީލެއްގެ ދަށުން ކަމަށް ބައެއް މީހުން ތުހުމަތު ކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ