- Advertisement -ad image

ހަނދު ސިފަވާގޮތަށް ފަރުމާކުރާ ފުރަތަމަ ހޮޓެލް ދުބާއީގައި

ad image

ގުޅުންހުރި ލިޔުންތައް

އަޖައިބުކުރުވަނިވި އތައް ބިނާއެއް ހަދާފައިވާ ދުބާއީގެ މިސްރާބް މިފަހަރު ހުރީ ހަނދާ ދިމާލަށެވެ. ހަނދުގައި ބިނާއެއް ނޭޅުނު ނަމަވެސް، ބިންމަތީގައި ހަނދުގެ ސިފަވާގޮތަށް ބިނާއެއް ހެދުމަށް ދަނީ ތައްޔާރުވަމުންނެވެ.

ދުބާއީގައި މޫން ވޯލްޑް ރިސޯޓްސް (އެމް. ޑަބްލިއު. އާރް) އިން އަޅާ މި ހޮޓެލް ދުރުން ފެންނައިރު ސިފަވާނީ ހަނދެއްގެ ގޮތަށެވެ. މަތީފެންވަރަށް އަޅާ މި ހޮޓެލްގެ ތިރި ހާއްސަކޮށްފައިވަނީ ރޫމްތަކާއި އަދިވެސް އެހެން ހިދުމަތްތަކަށެވެ. އަދި ހޮޓެލްގެ މަތިން މެދުގައި ބޮޑުކޮށް ހަނދު ސިފަވާގޮތަށް 735 ފޫޓުގެ މި ބިނާ އަޅާނެއެވެ.

ކެނެޑާައަށް ނިސްބަތްވާ އެމް. ޑަބްލިއު. އާރް ކުންފުނިން ބުނިގޮތުގައި އަލަށް ދުބާއީގައި އަޅާ މި ‘މޫން ދުބާއީ’ ހޮޓެލް އާއެކު އެ ޤައުމުގެ ތަރައްގީ އިތުރަށް ކުރިއަށްޖެހި، ފަތުރުވެރިކަން، ފަންނުވެރިކަން ތައުލީމީ އަދި ޓެކްނޮލޮޖީގެ ގޮތުން އެތައް ކުރިއެރުމެއް އެ ޤައުމަށް ލިބޭނެ އެވެ.

މި ހޮޓެލްގެ ކޮންސެޕްޓް ޑިޒައިން މިހާރުވަނީ އާއްމުންނަށް ދައްކާލާފަ އެވެ. މި ހޮޓެލުން އަހަރެއްގެ މައްޗަށް 10 މިލިޔަން މީހުންނަށް ހިދުމަތް ދޭނެކަމަށް އެމް. ޑަބްލިއު. އާރް ކުންފުނިން ވަނީ ބުނެފަ އެވެ.

މޫން ދުބާއީ ހޮޓެލް އަޅާ ނިމޭނެކަމަށް ލަފާކޮށްފައިވަނީ 48 މަސް ދުވަހުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ