- Advertisement -ad image

ކުއީން އެލިޒަބަތު ބޭނުން ކުރެއްވި ސައިފަތް ޕެކެޓެއް ބާރަހާސް ޑޮލަރަށް ވިއްކާލަނީ

ad image

ގުޅުންހުރި ލިޔުންތައް

އިނގިރޭސިވިލާތުގެ ކުރީގެ ރާނީ ކުއީން އެލިޒަބަތު 1998 އަށް ވަނަ އަހަރު ބޭނުން ކުރެއްވި ސައިފަތް ޕެކެޓެއް އީބޭގައި ވިއްކާލުމަށް ނިންމައިފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ސައިފަތް ޕެކެޓް ވިއްކާލުމަށް ނިންމާފައިވަނީ 12،000 ޑޮލަރު ނުވަތަ އެއްލައްކަ އަށްޑިހަ ފަސްހާސް ދިވެހި ރުފިޔާ އަށެވެ.
މި ސައިފަތް ޕެކެޓަށް ވަނީ ދަ ޕްިސްޓިޖިއަސް އައިއީސީއޭއިން އޮތެންޓިސިޓީ ސެޓްފިކެޓް ދީފައެވެ. އުމުރުފުޅުން 96 އަހަރުގައި ކުއީން އެލިޒަބަތު މަރުވީ ބުރާސްފަތި ދުވަހުއެވެ.
ވިއްކާލަން ނިންމާފައިވާ މި ސައިފަތް ޕެކެޓް އެތެރެ ކޮށްފައިވަނީ 1997 ވަނަ އަހަރު ވިންޑްސަރ ކާސަލްއިން ކަމަށް އީބޭގައި ވިއްކާލަން ލިޔެފައިވާ ޕޯސްޓްގައި ބުނެފައިވެއެވެ.
ސައިފަތް ޕެކެޓް ވިއްކާ ފަރާތުން ބުނެފައިވަނީ މިއީ ވަރަށް މަދުން ނޫނީ ނުލިބޭ ވައްތަރެއްގެ ސައިފަތް ޕެކެޓެއް ކަމަށެވެ.
މީގެ އިތުރުންވެސް ވިއްކުމަށް އީބޭގައި ލިސްޓްކޮށްފައި ކުއީން އެލިޒަބަތުގެ ވެކްސް ސްޓެޗޫއެއްވެސް އެބަހުއްޓެވެ.
ވެކްސް ހަދާފައިވާ މި ބުދު ވިއްކާ އަގަކީ 15،900 ޑޮލަރެވެ. މި ބުދުގައި ބޭނުންކޮށްފައި އަސްލު އިސްތަށި އަދި ރެސިން އައިބޯލްސްގެ އިތުރުން ރެސިން ދަތެވެ.
މީގެ އިތުރުންވެސް ކުއީންގެ ބާރބީ ޑޯލްއެއް ވެސް ވަނީ ވިއްކަން ލިސްޓްކޮށްފައެވެ. މި ބާރބީ ޑޯލްގެ އަގަކީ 1299.99 ޑޮލަރެވެ.
ރާނީ އެލިޒަބަތްއަކީ އިނގިރޭސިވިލާތުގެ ދެވަނަ ރާނީ އެވެ. އެކަމަނާއަށް 4 ބޭފުޅުން ވަނީ ލިބިލައްވާފަ އެވެ. އަދި އެކަމަނަަގެ 8 މާމަދަރިން ދުނިޔޭގައި އެބަތިއްބެވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ