- Advertisement -ad image

އެންޓީގުއާ އަދި ބާބިއުޑާގެ ވިސްނުން އިނގިރޭސި ރަސްކަމުން ވަކިވެ ޖުމްހޫރިއްޔާއަކަށް

ad image

ގުޅުންހުރި ލިޔުންތައް

އިނގިރޭސި ރަސްކަމުން ވަކިވެ، ޖުމްހޫރީ ވެރިކަމުގެ ނިޒާމެއް ހިނގާ އާ ދައުލަތެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި، ކުރިއަށް އޮތް ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ފެންނަ ނުފެންނަ ވޯޓެއް ނަގަން ވިސްނަވާކަމަށް ކެރީބިއަންގެ ގައުމެއް ކަމަށްވާ އެންޓީގުއާ އެންޑް ބާބިއުޑާގެ ބޮޑުވަޒީރު ވިދާޅުވެއްޖެ އެވެ.

އެންޓީގުއާ އެންޑް ބާބިއުޑާގެ ބޮޑުވަޒީރު ގެސްޓަން ބްރައުން މިހެން ވިދާޅުވީ އިނގިރޭސި ވިލާތުގެ އާ ރަސްގެފާނު ޗާލްސް ތިނެއް އައްޔަންކުރެވިއްޖެކަން ރަސްމީކޮށް އިއުލާންކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގަ އެވެ.

ގެސްޓަން ބްރައުން ވިދާޅުވިގޮތުގައި މިއަންނަ އަހަރު އޮންނަ އާންމު އިންތިޚާބުގައި ބޮޑުވަޒީރުކަމުގެ މަގާމަށް ދެ ވަނަ ދައުރަކަށް ހޮވިއްޖެ ނަމަ، ޖުމްހޫރިއްޔާއަކަށް ބަދަލުވުމަށްޓަކައި، އާންމުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަންގަވާނެ އެވެ. އަދި އިނގިރޭސި ރަސްކަމުން ވަކިވުމަކީ، އިނގިރޭސި ވިލާތާ ދެކޮޅުވެރިވުމުގެ އަމަލެއް ނޫން ކަމަށާއި، އިނގިރޭސި ވިލާތާއި އެންޓީގުއާ އެންޑް ބާބިއުޑާއާ ދެމެދު އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގެސްޓަން ބްރައުން ވިދާޅުވީ އެންޓީގުއާ އެންޑް ބާބިއުޑާ، އިނގިރޭސި ރަސްކަމުން ވަކިވެ ޖުމްހޫރިއްޔާއަކަށް ބަދަލުވުމަށް އޭނާ ވިސްނެވި ނަމަވެސް، އެފަދަ ވޯޓެއް ނެގުމަށް އާންމު ރައްޔިތުންގެ މެދުގައި މާބޮޑު ބާރުއެޅުމެއް ނެތް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެފަދަ ވޯޓެއް ނެގުމާ މެދު އާންމު ރައްޔިތުން ނުވެސް ވިސްނާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ