- Advertisement -ad image

ދުނިޔޭގެ 50 މިލިޔަން މީހުން ދިރިއުޅެމުންދަނީ އަޅުވެތިކަމުގައި

ad image

ގުޅުންހުރި ލިޔުންތައް

ދުނިޔޭގެ އާބާދީގެ 50 މިލިޔަން މީހުން އަދިވެސް ދިރިއުޅެމުންދަނީ އަޅުވެތިކަމުގައި ކަމަށް ލަފާކޮށްފި އެވެ.

އިންޓަރނޭޝަނަލް ލޭބަރ އޮގަނައިޒޭޝަން އާއި ވޯކް ފްރީ އަދި އިންޓަރނޭޝަނަލް އޮގަރނައިޒޭޝަން ފޯރ މައިގްރޭޝަންއިން ދާދިފަހުން ވަނީ މި އަދަދު ލަފާކޮށް ބަޔާނެއް ނެރެފަ އެވެ. އެގޮތުން 2021 އިން ފެށިގެން މި އާބާދީގެ 28 މިލިޔަން މީހުންނަށް މަޖުބޫރުން އާމްދަނީ ހޯދުމަށް މަސައްކަތް ކުރަން ޖެހިފައިވާއިރު 22 މިލިޔަން ހިމެނެނީ ނުގަބޫލުގައި ކައިވެނިކޮށްގެން އުޅޭ މީހުންނެވެ.

މި ފާއިތުވި ފަސް އަހަރުގެ ތެރޭގައި ޒަމާނީ އަޅުވެތިކަން “މޮޑާރން ސްލޭވަރީ”ގެ ޝިކާރައަކަށް ވާ މީހުން ދަނީ ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުންނެވެ. މީގެތެރޭގައިވެސް ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ނިސްބަތުން ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް ޒަމާނީ އަޅުވެތިކަން އޮވެއެވެ. މިކަން ގިނަ ފަހަރަށް ގުޅިގެން އަންނަނީ ބޯދާ ވިސްނުމާއި، ސަގާފަތާއި އަދި ދީނީ ހިޔާލު ތަފާތުވުން ތަކުގެ މައްޗަށެވެ. އަޅުވެތިކަން އެންމެ ބޮޑު އާބާދީގެ ދެބައިކުޅަ އެއްބައި ނިސްބަތްވަނީ މަތީފަންތީގެ ޤަައުމުތަކަށެވެ.

މަޖުބޫރުން މަސައްކަތް ކުރުވުމުގެ 85 އިންސައްތަ ކޭސްްތައް ފެންނަނީ އަމިއްލަ ކުންފުނިތަކުންނެވެ. އަދި މީގެތެރޭގައި ވަޒީފާގެ ތެރެއިން ޖިންސީ ގޯނާކުރުމާއި އަދި އަންހެނުން ހިމެނޭގޮތަށް ޖިންސީ ކަންކަމަށް ހުށަހެޅޭގޮތަށް އިސްތިހާރު ހެދުންވެސް ހިމެނެ އެވެ.

މަޖުބޫރުން މަސައްކަތް ކުރުވާ މީހުންގެ ތެރެއިން 3.3 މިލިޔަން މީހުންނަކީ ކުޑަކުދިންނެވެ.

ދުނިޔޭގައި ދިރިއުޅޭ 22 މިލިޔަން މީހުންނަކީ އަދިވެސް މަޖުބޫރުވެގެން ކައިވެނިކޮށްގެން އުޅޭ މީހުންނެވެ. މީގެތެރޭގައި އުމުރުން 16 އަހަރުން ދަށުގެ އެތައް ކުޑަކުދިންނެއް ހިމެނެ އެވެ. އަދި ޅަ އުމުރުގައި ކުޑަކުދިންގެ ކައިވެނި ކުރުވުންވެސް ހިމެނެނީ މަޖުބޫރުން ކައިވެނި ކުރުވުމުގެ ތެރޭގަ އެވެ.

މިގޮތަށް އެންމެ ގިނައިން ކައިވެނި ކުރުވާ ޤައުމުތަކުގެ ތެރޭގައި އޭޝިޔާގެ ޤައުމުތައް ހިމެނެ އެވެ. އަދި އަރަބި ޤައުމުތައްވެސް ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ