- Advertisement -ad image

ޔުކްރޭން ހަނގުރާމަ: ހަމަލާތަކުގައި ކޯރެއްގެ ފެންގަނޑު ދޫވެ ގެތައް ފެނުއަޑީގައި

ad image

ގުޅުންހުރި ލިޔުންތައް

ޔުކްރޭންގެ ކްރިވީ ރިހް ސިޓީއަށް ރަޝިޔާއިން ދިން މިސައިލްހަމަލާއެއްގައި ކޯރެއްގެ ފެންގަނޑު ހިފެހެއްޓުނަށް ރާނާފައި ހުރި ފާރު ފުނޑުފުނޑުވެ ފެންބޮޑުވެއްޖެ އެވެ.

މި ހަމަލާއަކީ ޔުކްރޭނުން ދާދިފަހުން ދިން ހަމަލާއެއްގެ ބަދަލުހިފުމަށް ރަޝިޔާއިން ދިން ހަމަލާއެއް ކަމަށް ޔުކްރޭނުން ވަނީ ތުހުމަތު ކޮށްފައެވެ. ނަމަވެސް ހާލަތު މިހާރު ކޮންޓްރޯލްގެ ދަށަށް ގެނެވިފައިވާކަމަށް ރަޝިޔާިއިން ވަނީ ބުނެފަ އެވެ.

މި ސިޓީއަށް އުފަން އަދި ޔުކްރޭންގެ ރައީސް ލެޑްމިޔާ ޒެލެންސްކީ ވަނީ ރަޝިޔާއަކީ “ޓެރަރިސްޓް ސްޓޭޓެއް” ގޮތަށް ސިފަކޮށްފަ އެވެ. ޒެލެންސްކީ ވަނީ ރަޝިޔާގެ މި ހަމަލާގެ ސަބަބުން ކުށެއް ނެތް އެތައް އާއްމުންނެއް ހާލުގައި ޖެހިފައިވާކަމަށް ބުނެފަ އެވެ.

ކޯރުގެ ފެންގަނޑު ދޫވުގެ ސަބަަބުން އެ ސިޓީގެ ގިނަ ގެތައް އޮތީ ފެނު އަޑީގަ އެވެ. އަދި މީގެ ސަބަބުން ސިޓީގެ ފެން ސަޕްލައި ކުރާ ނިޒާމަށް ގެއްލުން ލިބިފައިވާކަމަށް ޔުކްރޭނުން ބުނެއެވެ. މި އަވަށުގައި 600،000އަށްވުރެ ގިނަ މީހުން ދިރިއުޅެއެވެ.

މި ހަމަލާ އާއި ގުޅިގެން ރަޝިޔާއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ