- Advertisement -ad image

ދަރަނިން ސަލާމަތްވުމަށް ކްލާސްމޭޓް މަރާލައިފި!

ad image

ގުޅުންހުރި ލިޔުންތައް

20،000 ރުޕީސްގެ ދަރަނިން ސަލާމަތްވުމަށް އޭނާގެ ކްލާސް މޭޓް މަރާލައިފި އެވެ.

މި ހާދިސާ ހިނގާފައިވަނީ އިންޑިޔާގެ އުއްތަރު ޕްރަދޭޝްގައި އޮންނ ބިސްލަޕޫރް އަވަށުގައެވެ. މި ހާދިސާގައި މަރާލި 16އ. ހިމަންޝޫގެ ހަށިގަނޑު ފުލުހުންވަނީ ޙަންނައުތު ކޯރުން ހޯދާފަ އެވެ. ހިމަންޝޫ ގެއްލިގެން ރިޕޯޓުކޮށްފައި ވަނީ 11 ސެޕްޓެމްބަރުގަ އެވެ.

އުއްތަރް ޕްރަދޭޝްގައި އޮންނަ ކުޑަކުޑަ އަވަށެއް ކަމަށްވާ ނަގީޕޫރް ބަޑާރިއާއަށް ނިސްބަތްވާ ހިމަންޝޫ ބިސްލަޕޫރްގައި ކިޔަވަމުންދިޔަ ދަރިވަރެކެވެ. ހިމަންޝޫ އުޅެމުންދިޔައީ އެ އަވަށުގައި އެކަނި ކުލީ ކޮޓަރިއެއްގަ އެވެ.

މި މަރާއި ގުޅިގެން ވަނީ 17 އަހަރާއި 19 އަހަރުގެ ދެ ފިރިހެން ކުދިން ހައްޔަރުކޮށްފަ އެވެ.

ޓައިމްސް އޮފް އިންޑިޔާއިން ބުނެފައިވާގޮތުން މިތަނުން 17 އަހަރުގެ ކުއްޖާ ވަނީ ހިމަންޝޫ އަތުން މީގެ ތިންމަސް ކުރިން 20،000 ރުޕީސްގެ ލޯނެއް ނަގާފަ އެވެ. އަދި ފަހުން މި ފައިސާ ދެއްކުމަށް މި ކުއްޖާ ވަނީ ދެކޮޅު ހަދާފަ އެވެ. އޭގެފަހުގައި އޭނާގެ 19 އަހަރުގެ ރަހްމަތްތެރިޔާ އާއި ދެމީހުން ވަނީ ހިމަންޝޫ މަރާލާފަ އެވެ.

ހިމަންޝޫ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ އޭނާގެ ބައްޕަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ