- Advertisement -ad image

ހަ ފިރިހެނުން ވެގެން ކުޑަކުއްޖަކު ރޭޕްކޮށްފި!

ad image

ގުޅުންހުރި ލިޔުންތައް

އިންޑިޔާގެ އައްސާމްގައި އޮންނަ ނާގާއޯން ކިޔާ އަވަށެއްގައި ހަ ފިރިހެނުން ވެގެން 16 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށްފި އެވެ.

ފުލުހުން ބުނޮގޮތުގައި މިކަމުގެ ރިޕޯޓް ލިބިފައިވަނީ ބުރާސްފަތި ދުވަހުގަ އެވެ. އަދި މި އަންހެން ކުއްޖާއަށް ދީފައިވާ އަނިޔާތަކަށް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ހޯދަމުން އަންނަކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ރޭޕްކުރި ހަ މީހުންވަނީ 2 ދުވަސް ވަންދެން މި އަންހެން ކުއްޖާ ރަހީނުކޮށް އެ ކުއްޖާ ރޭޕްކޮށް އެކި ކަހަލަ އަނިޔާތައް ދީފައެވެ. މި އަންހެންކުއްޖާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ޒުވާނަކު ކުރޮޅިއެްްގަ އެވެ. އަދި ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެ އަންހެން ކުއްޖާގެ ހޭވެރިކަމެއް ނެތްކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި އަންހެން ކުއްޖާ ރަހީނުކޮށްފައިވަނީ އަންގާރަ ދުވަހު ސްކޫލް ނިންމުމަށްފަހު ގެއަށް ދިއުމަށް ކުރޮޅިއެއް ލިބޭތޯ މަގުމަތީގައި ހުއްޓައެވެ. އަދި އަންހެން ކުއްޖާވަނީ ހަ ފިރިހެނުން ވެގެން ދެ ދުވަސް ވަންދެން ގޭންގް ރޭޕްކޮށްފައިކަމަށް އަންހެން ކުއްޖަ ވަނީ ފުލުހުންނަށް ބަޔާން ދީފައެވެ.

ދާދިފަހުން ވަނީ އުއްތަރްޕްރަދޭޝްގެ އަލިގަރް އަވަށުގައި ވެސް ތިބް ފިރިހެނުން ވެގެން 13 އަހަރުގެ އަންހެން ކުއްޖަކު ގޭންގް ރޭޕް ކޮށްފަ އެވެ. އަދި ރޭޕްކުރި ވަގުތު ވީޑިޔޯވެސް ކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި އަންހެން ކުއްޖާގެ އާއިލާއިން މި މައްސަލަ ފުލުހަށް ހުށަހެޅުމުން ރޭޕްކުރި މީހުންވަނީ ވީޑިއޯ ލީކްކޮށްލާނެ ކަމަށްބުނެ އަންހެންކުއްޖާއަށް ބިރުވެސް ދައްކާފަ އެވެ. އެހެންނަމަވެސް ފުލުހުން ފަހުން ވަނީ މި ކޭސް އާއި ގުޅުންހުރި 4 މީހަކު ހައްޔަރުކޮށްފަ އެވެ. މީގެތެރޭގައި އަންހެނެއްވެސް ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ