- Advertisement -ad image

އަނބުރާ ހޯދި އަވަށަކުން 100 އަށްވުރެ ގިނަ މަހާނަ ފެނިއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ރަޝިޔާގެ ބާރުގެ ދަަށަށް ގެންގޮސްފައި އޮތް ޔުކްރޭންގެ އަވަށެއް އަނބުރާ ޔުކްރޭންގެ ބާރުގެ ދަށަށް ގެނެސްފައިވާއިރު އެތަނުން 100އަށްވުރެ ގިނަ މަހާނަ ފެނިފައިވާކަމަށް އެ ޤައުމުން ބުނެފި އެވެ.

މި މަހާނަތައް ފެނިފައިވަނީ އިޒްޔުމް އަވަށުންނެވެ. މީގެތެރއިން ގިނަ މަހާނަތަކުގައި ހުރީ ހަމައެކަނި ނަމާއި ނަމްބަރެވެ. އެހެންކަމުން މީ ކިހިނެތްވީ ބައެއްގެ މަހާނަތަކެއް ކަމެއް ޔުކްރޭނަށް ވަނީ ކަށަވަރު ކުރެވޭގޮތް ނުވެފަ އެވެ.

ޔުކްރޭނުން ބުނިގޮތުގައި އެމީހުން ވަރަށް އަވަހަށް މި މަހާނަތަށް ކޮނެ ތަހްލީލުތައް ފަށާނެ އެވެ. އަދި ލަފާކުރެވޭގޮތުގައި މިއީ ހަނގުރާމައިގައި ސިއްހީ ފަރުވާ ނުލިބި ލަސްވެގެން މަރުވިި މީހުންނެވެ.

ޔުކްރޭން ފުލުހުން ބުނިގޮތުގައި މިތަނުން ގިނަ މަހާނަތަކަކީ ޔުކްރޭން އާއްމުންނަށް ނިސްބަތްވާ މަހާނަތަކެވެ. އަދި ރަޝިޔާގެ ބައެއް ސިފައިން ވަޅުލަފައިވާކަންވެސް ފުލުުހުން ވަނީ ހާމަކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ