- Advertisement -ad image

އިންޑިޔާގައި ހަލުވިކަމާއެކު ޑެންގޫ ފެތުރެނީ، މިހާތަނަށް 12 މަރު

ad image

ގުޅުންހުރި ލިޔުންތައް

އަވަށްޓެރި އިންޑިޔާގެ އަވަށްތަކުގައި މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޑެންގޫ ހުން ހަލުވިކަމާއެކު ފެތުރެން ފަށައިފި އެވެ.

އިންޑިޔާއިން ޑެންގޫ އެންމެ ބޮޑަށް ފެތުރިފައި އޮތީ ނިއު ދިއްލީގަ އެވެ. މިގޮތުން ދިއްލީއިން މިދިޔަ ހަފްތާގައި އެކަނިވެސް 100އަށްވުރެ ކޭސްވަނީ ރިޕޯޓު ކޮށްފަ އެވެ.އަދި މުޅި އެ ޤައުމުން ފެނުނު ޑެންގޫ ކޭސްތަކުގެ އަދަދުވަނީ 400އިން މައްޗަށް އަރާފަ އެވެ.

ސިވިކް ބޮޑީއިން މިއަދު ނެރުނު ރިޕޯޓުގައި ވާގޮތުން މިމަހުގެ ފުރަތަމަ 17 ދުވަހުގައި އެކަނިވެސް ޑެންގޫގެ 152 ކޭސްވަނީ ރިޕޯޓު ކޮށްފަ އެވެ. އަދި ޑެންގޫ ކޭސްތައް ގިނަވަމުންދާތީވެ މިކަންވަނީ އެގައުމުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށްވެސް ގެނެސްފަ އެވެ.

ސެޕްޓެމްބަރާއި ހަމަޔަށް ދިއްލީއިން ރިޕޯޓުކުރި 396 ކޭސްގެ ތެރެއިން 75 ކޭސްއަކީ އޮގަސްޓްމަހު މި ބަލި ޖެހުނު މީހުންނެވެ. މި ބަލި ޖެހިގެން މުޅި އިންޑިޔާއިން މިހާތަނަށް ވަނީ 12 މީހުން މަރުވެފަ އެވެ.

އިންޑިޔާގައި ޑެންގޫ ހުން ފެތުރެން ފަށާފައި މިވަނީ ދާދިފަހުން ކުރި ވިއްސާރައިގައި އެ ޤައުމުގެ ބައެއް އަވަށްތަކުގައި ފެންބޮޑުވި ފަހުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ