- Advertisement -ad image

ތާޖުމަހަލް އަށް ދިޔަ ޓުއަރިސްޓަކަށް ރާމާ މަކުނެއް ހަމަލާދީފި

ad image

ގުޅުންހުރި ލިޔުންތައް


އިންޑިއާގެ އާގަރާގައި ހުންނަ ތާޖު މަހަލްގެ ތެރެއިން ސްޕެއިންގެ ފަތުރުވެރިއަކަށް ރާމާ މަކުނެއް ހަމަލާދީފިއެވެ.
ސްޕެއިންގެ އަންހެން ޓުއަރިސްޓުގެ ފަޔަށް މަކުނު ހަމަލާ ދިނުމުން ވަނީ އިމަރޖެންސީ ފަރުވާދީފައެވެ. މަންޒަރު ދުށް މީހަކު ބުނެފައިވަނީ މަކުނު ދަތްއެޅީ ސަންދުރާ ނަމަކަށް ކިޔާ އަންހެން މީހާގެ ވައަތު ފައިގާ ކަމަށާއި އޭރު ގަޑިން ހަތެއް ޖަހާފާނެ ކަމަށެވެ. އަދި އެމީހާ ވަރަށް ރުއި ކަމަށްވެސް މަންޒަރު ދުށް މީހާ ބުނެފައިވެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ބައެއް ހިންދޫން ރާމާ މަކުނަކީ އެމީހުންގެ ކަލާންގެ ކަމަަށް ބަލާ ގަވައިދުން ކާންދޭން ފަށާއިފާ ވާތީ އެސަރަހައްދުގައި މަކުނުގެ އާބާދީ ދަނީ ހަލުވި ކަމާއެކު އިތުރު ވަމުން ކަމަށެވެ.
މަކުނަކީ އިންޑިއާގައި ހިމާޔަތް ކޮށްފައިވާ ޖަނަވާރަކަށް ވާތީ މަކުނު ހިފުމާ ގޯނާ ކުރުމަކީ މަނާ ކަމެކެވެ.
ތާޖުމަހަލަށް ޒިޔާރަތްކުރާ ފަތުރުވެރިން މަކުނު ތަކާއި ވީހާވެސް ދުރުން އުޅުމަށް އެތަނުގެ ސެކިއުރިޓީން އިލްތިމާސްކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ